ރާނީ މުކަރްޖީ ވަނީ މީގެ ކުރިން އަސަރު ގަދަ ލޯބީގެ ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތިން ހާނުން ކަމަށްވާ ޝާރުކް ހާން، ސަލްމާން ހާން އަދި އާމިރް ހާން އާއެކު އޭނާ ވަނީ ލޯބީގެ ބައިވަރު ފިލްމުތަކެއް ކުޅެފައިވެ އެވެ. އެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބި ގިނަ ފިލްމުތައް ހިޓުވެސްވި އެވެ.
ފާއިތުވި ހަފްތާގައި ރާނީގެ އާ ފިލްމު "ހިޗްކީ" ވަނީ ނިކުމެފަ އެވެ. އެ ފިލްމުގައި ރާނީ ދައްކާފައިވާ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ރާނީ އެ ފިލްމުގައި ފެނިގެންދަނީ ނެއިނާ މާތުރް ކިޔާ ޓީޗަރެއްގެ ރޯލުންނެވެ. ހިޗްކީ އަންނަނީ ބޮކްސް އޮފީހުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.
ރާނީގެ އެންމެ މަޝްހޫރުވި ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ހަމް ތުމް"، "ކަބި އަލްވިދަ ނާ ކެހެނާ"، "ކަހީން ޕިޔާރް ނަ ހޯޖާ އޭ" އަދި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.
"އަހަރެން ވަރަށް ބޭނުން ލޯބީގެ ފިލްމެއް ކުޅެން. އެކަމަކު އަަހަރެން ކުޅޭ ރޯލަކީ ކޮންމެސް ކަަހަލަ ހާއްސަކަމެއް އިންނަ ރޯލަކަށް ވާންޖެހޭނެ. އެ ރޯލަކީ އަހަރެން ލޯބިވާ ރޯލަކަށް ވާންޖެހޭނެ." ރަނީ ބުންޏެވެ.
ރާނީ ބުނީ ކުރިއަށް އޮތްތަނުގައި އޭނާ ހިތްހަމަޖެހޭ ކަހަލަ ރޯލެއް ކުޅެލަން ފުރުސަތެއް ލިބިއްޖެނަމަ އެ ފިލްމަކުން ފެނިގެންދާނެ ކަމަށެވެ.
"އަހަރެން އުޅެ ބޮޑުމިވީ މި އިންޑަސްޓްރީގައި މަސައްކަތް ކުރަމުން. ލޯބީގެ ރޯލުތަކަކީ އަހަންނާއި ވަރަށް ގުޅޭ، އަހަރެން ދިރިއުޅުމުގައި ހާއްސަ އިސްކަމެއްދެވޭ ރޯލުތަކެއް." ރާނީ ބުންޏެވެ. "ކިހިނެއް އިނގެނީ. އަހަރެންގެ ކުރިއަށް އޮތް ފިލްމަކީވެސް ލޯބީގެ ފިލްމަކަށް ވެދާނެ."
ރާނީގެ އެންމެ މަޝްހޫރުވި ލޯބީގެ ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ހަމް ތުމް"، "ކަބި އަލްވިދަ ނާ ކެހެނާ"، "ކަހީން ޕިޔާރް ނަ ހޯޖާ އޭ" އަދި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.