ކުޅިވަރު

މިއީ އާޖެންޓީނާއަށް ލިބޭނެ ފަހު ފުރުސަތު!

މި އަހަރަކީ އާޖެންޓީނާއަށް ވޯލްޑްކަޕު ކާމިޔާބު ކުރަން ލިބޭ ފަހު ފަހަރު ކަމަށާއި މިފަހަރު އެކަން ނުވެއްޖެނަމަ އާޖެންޓީނާއަށް ދެން އެކަން ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ އާއި އޭނާގެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު އިންޓަނޭޝަނަލް ތިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ވޯލްޑްކަޕުގެ ފައިނަލުގައި އެ ޓީމު ބަލިވީ އާޖެންޓީނާ އަތުން 1-0 ންނެވެ. ކޮޕާ އެމެރިކާގެ ދެ މުބާރާތުގެ ފައިނަލުގައި ވެސް އެ ޓީމު ބަލިވީ ޗިލީ އަތުންނެވެ.

މެސީ ބުނީ އޭނާގެ ޓީމަށް ވޯލްޑްކަޕް ކާމިޔާބު ކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ މިފަހަރު ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ފަހުގެ ޖީލްގެ ޓީމުތަކަށް ވޯލްޑްކަޕް ކާމިޔާބު ކުރެވިފައި ނެތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ މެސީ ބުނީ ވޯލްޑްކަޕުގެ އެވޯޑް ދޭ ރަސްމިއްޔާތުގައި ތަށި ފަހަނައަޅައި ދެވަނަ ފަހަރަށް ދާން ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"އަހަރެމެން ބޭނުން ވޯލްޑްކަޕުގައި އަހަރެމެންނަށް ކުރިމަތިވާ ހިތްދަތިކަން އަހަރެމެންގެ ޓީމުން ފިލުވާލަން، ވޯލްޑްކަޕްު ތައްޓާ ވަރަށް ގާތަށް ގޮސްފަ އެ ތަށި ނުލިބުމަކީ އަހަރެމެންގެ މުޅި ޓީމަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް."

ބާސެލޯނާ އަށް ގިނަ ތަށިތަކެއް ހޯދައިދީފައިވާ މެސީ ބުނީ، ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕުގެ ފައިނަލުގައި އޭނާއަށް ލިބުނު ފުރުސަތުތައް ބޭނުން ކުރެވެން ޖެހޭނެ ކަމަށާއި ބޯޅައިގައި އެހެން ގޮތަކަށް ޖަހަން އުޅުނު ނަމަ އޭނާ އަށް ލިބުނު ފުރުސަތު ކާމިޔާބު ކުރެވުނީސް ކަމަށެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ލިބުނީ ވޯލްޑްކަޕު ފައިނަލުގައި ލިބުނު ފަދަ ފުރުސަތެއް ކަމަށާއި ނަމަވެސް ޗެލްސީ ކޮޅަށް ލަނޑު ޖެހުނީ ބޯޅައިގައި ފައިން ޖެހި ގޮތުން ކަމަށެވެ.