ވިޔަފާރި

ރެޑްވޭވް ރޯދަ ސޭލްގައި މި އަހަރު އެންމެ ގިނަ ނަގުދު ފައިސާ

އާއްމުކޮށް ސޭލްތަކުގައި ދެނީ ކޮންމެ ވެސް އެއްޗެކެވެ. ދޭނީ ޓީވީ އެއް ނޫނީ ދޮންނަ މެޝިނެކެވެ. ނަމަވެސް ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރާ ރެޑްވޭވުން މި ރޯދަ މަހާ ދިމާކޮށް ފެށި "ރެޑްވޭވް ރޯދަ ސޭލް" މުޅިން ތަފާތެވެ. މި ފަހަރު އެންމެ ގިނަ ނަގުދު ފައިސާގެ އިނާމު ލިބޭނެ ސޭލްއަކީ ހަމަ ގައިމު ވެސް ރެޑްވޭވް ގްރޫޕުގެ ސޭލް އަށް ވާނެ އެވެ.

މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ރެޑްވޭވް ރޯދަ ސޭލް" ގެ އެއްވަނަ އިނާމަކީ 100،000ރ. އެވެ. އަދި ދެވަނަ އިނާމަކީ ބައިލައްކަ ރުފިޔާ އެވެ. އިތުރު 10 އިނާމަކަށް ދެނީ 10،000ރ. ލިބޭނެ އެވެ. އެހެންވީމަ މި ފަހަރު ރެޑްވޭވުން ވިޔަފާރިކުރާ މީހުންނަށް އިނާމަކަށް ލިބޭނީ ނަގުދު ފައިސާ އެވެ.

މި ސޭލްގައި 300ރ. އިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ރެޑްވޭވުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ ސޭލް އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ދާނެ ކަމަށެވެ.

"އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ރެޑްވޭވުން ދެން. އެއީ ޔަގީންކަމެއް އިރާދުކުރެއްވިއްޔާ. މިހާރު އަޅުގަނޑުމެންގެ ޕްރޮޑަކްޓް ރޭންޖުގައި އެބަހުރި ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ އެއްޗެއްހެން. އެހެންވެ މި ސޭލްގެ ސަބަބުން އަގު ހެޔޮކޮށް މުދާ ގަންނަން އަންނަ ބަޔަކަށް ވަރަށް ބޮޑު ލުމެއް މި ލިބެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެ ރޯދަ މަހަކު އިކޮނޮމިކް މިނިސްޓްރީން ހޮވާ "އެންމެ އަގުހެޔޮ ސޭލް" ގައި ބައިވެރިވަމުން އަންނަ ރެޑްވޭވް ގްރޫޕުން ދަނީ އާއްމުންނާ ގުޅުންހުރި ގިނަ އަދަދެއްގެ މުދާ ވިއްކަމުންނެވެ. މިގޮތުން އެ ކުންފުނިން އިލެކްޓޯނިކްސް ފިހާރައެއް ހުޅުވާފައިވާއިރު އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު ފިހާރަ ހުޅުމާލޭގައި ހިންގަނީވެސް ރެޑްވޭވްއިންނެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ދާދިފަހުން "ރެޑްވޭވް" ލިވިންގެ ނަމުގައި ފަރުނީޗަރު ފިހާރައެއް ވެސް ހުޅުވާފަ އެވެ.

ގިނަ ވިޔަފާރިތަކެއް ހިމެނޭ މި ގްރޫޕުގެ ރޯދަ ސޭލް ކޮންމެ އަހަރަކު ވެސް ތަފާތެވެ. މި ފަހަރުގެ އެންމެ ބޮޑު އެއް ތަފާތަކީ އެންމެ ގިނަ ނަގުދު ފައިސާ ދޭ ސޭލަށް ވުމެވެ.