ވިޔަފާރި

އެސްޓީއޯ ސުޕަމާޓުން އަލްނޫރް ކިރުގެ އަގު ހެޔޮކޮށްފި

Mar 29, 2018
1

އެސްޓީއޯ ސުޕަރމާޓުން "އަލްނޫރް ހިކި ކިރު" ގެ އަގުތައް ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިވެހިންގެ މެދުގައި މަޤްބޫލްކަން ލިބިފައިވާ "އޮމާން ފުޑްސްޓަފް" އަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އެގޮތުން މިކުންފުނިން ޕެކްކުރަމުން އަންނަ ބްރޭންޑްތަކުގެ ތެރޭގައި އަލް ނޫރުގެ އިތުރުން ކޯސްޓް އަދި އަލްމުދިޝް ހިމެނެ އެވެ.

އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމްގެ ޕެކެޓު އެސްޓީއޯ ސުޕަރމާޓް އިން ވިއްކަ އެވެ. އެގޮތުން އަލް ނޫރުގެ 800 ގުރާމް ވިއްކަނީ 92ރ އަށެވެ. އަދި 1800 ގުރާމް 205ރ އަށެވެ. މީގެ އިތުރުން 2250 ގުރާމް ވިއްކަނީ 240ރ އަށެވެ.

އެސްޓީއޯއިން ވަނީ ގިނައިން ނަގާ ފަރާތްތަކަށް ހާއްސަ އަގުތަކެއްވެސް ހަމަޖައްސާފަ އެވެ. މިގޮތުން ކޭސް
ގަތުމުން 800 ގުރާމްގެ ކޭހަކުން 99ރ، އަދި 1800 ގުރާމްގެ ކޭހަކުން 90ރ ހެޔޮވެ އެވެ. އަދި 2250 ގުރާމްގެ ކޭހަކުން 80ރ ގެ ރީޓެއިލް އަގަށް ވުރެ ހެޔޮ ޑިސްކައުންޓެއް ލިބޭނެ އެވެ.