ވިޔަފާރި

ލެކިއުޓް މޭކަޕް މުބާރާތުގެ ބައިވެރިނަށް ވޯޓުލުމުގެ ފަހު ފުރުސަތު

ރާއްޖެއަށް ތާފަތު އެކި ވައްތަރުތަކުގެ މޭކަޕް ބްރޭންޑުތައް ތައާރަފުކުރަމުން އަންނަ ލެ ކިއުޓް އިން މިދިޔަ މަހު ވަނީ މޭކަޕްކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން މޭކަޕް މުބާރާތެއް ފަށާފަ އެވެ.

މި މުބާރާތުގައި ބައިވެރިންނަށް ޖެހުނީ ލެކިއުޓުން މިއަހަރު ތައާރަފްކުރި މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމަށްވާ "ފްލޯމާ" ބޭނުންކޮށްގެން މޭކަޕްކުރާށެވެ. ދެ ބުރަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިންނަށް ފުރަތަމަ ޖެހުނީ ލެކިއުޓްގެ ފިހާރަތަކުގައި ބަހައްޓާފައި ހުރި ފޭސް ޗާޓުތަކުގައި މޭކަޕް ކުރާށެވެ. އެ ފޭސް ޗާޓުތަކުގައި މޭކަޕްކުރި ބައިވެރިންގެ ތެރެއިން ގަދަ ފަސް ބައިވެރިން ހޮވާ ދެ ވަނަ ބުރަށް ގެންދިޔަ އެވެ.

ދެ ވަނަ ބުރުގައި މި ފަސް ބައިވެރިން ވަނީ މޮޑެލްއެއްގެ މޭކަޕްކޮށްފަ އެވެ. މި ފަސް ބައިވެރިންގެ ތެރެއިން އެއް ވަނައަށް ދާނެ ބައިވެރިއެއް ހޮވާނީ ވޯޓުލައިގެންނެވެ. މިހާރު ވަނީ މި ބައިވެރިންނަށް ވޯޓުލުމުގެ ފުުރުސަތު ހުޅުވާލާފަ އެވެ. ބައިވެރިންނަށް ލިބޭ ވޯޓުގެ 80 އިންސައްތަ ގުނާނީ ލެކިއުޓްގެ ފިހާރަތަކަށް ގޮސް ކަސްޓަމަރުންލާ ވޯޓުންނެވެ. ބާކީ 20 އިންސައްތަ ވޯޓު ގުނާނީ ޝޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ލިބޭ ލައިކްސްއަށް ބެލުމަށްފަހު އެވެ.

އަންނަ މަހު ތިނަކާ ހަމައަށް ބައިވެރިންނަށް ވޯޓު ދެވޭނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 2000 ރުފިޔާގެ "ފްލޯމާ" ބްރޭންޑުގެ މޭކަޕް ލިބިގެންދާނެ އެވެ.

ލެ ކިއުޓުން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ މޭކަޕް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "ފްލޯމާ" ބްރޭންޑަކީ އާންމު ބޭނުންކުރާ ބްރޭންޑަކަށް ހެދުމެވެ.

"ފްލޯމާ" މޭކަޕް ބްރޭންޑްއަކީ ކަލާ ކޮސްމެޓިކްސް އުފެއްދުމުގައި 47 އަހަރުގެ ތަޖުރިބާ އޮތް ބްރޭންޑް އެކެވެ. "ފްލޯމާ" އަކީ ތުރުކީގެ އެންމެ ނަން ހިނގާ ބޮޑެތި މޭކަޕް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެެވެ. މޫނާއި، ނިޔަފައްޗާއި، އަދި ތުންފަތުގެ އިތުރުން ލޮލުގެ ތަފާތު މޭކަޕް ޕްރޮޑަކްޓްތައް ނެރޭ ތުރުކީގެ މި ބްރޭންޑަކީ ޔޫރަޕްގެ މާކެޓްތަކުގައި ވެސް މަގުބޫލު ބްރޭންޑެކެެވެ.

ލެކިއުޓްގެ ފިހާރަތަކާއި ލެ ކިއުޓް އޮންލައިނުން މިހާރު ލިބެން ހުރި މި ބްރޭންޑުގެ މޭކަޕްތަކުގެ ތެެރޭގައި ލޮލާއި، މޫނާއި، ތުންފަތާއި، ނިޔަފަތި، އަދި އިނގިލީގައި ޖައްސާ އެކި ވައްތަރުގެ މޭކަޕް ޕްރޮޑަކްޓުތަކުގެ ތަފާތު ގިނަ ކުލަތަކާއެކު ލިބެން އެބަހުއްޓެވެ.