ވިޔަފާރި

ޖޭ ޑަބްލިއު މެރިއޮޓް ބްރޭންޑާއެކު ވަގަރު މި އަހަރު ހުޅުވަނީ

Mar 30, 2018

ވައިސްރޯއީ މޯލްޑިވްސްގެ ނަމުގައި ކުރިން ހިންގި، ށ. ވަގަރު "ޖޭ ޑަބްލިއު މެރިއޮޓް" އަށް ރީ-ބްރޭންޑްކޮށް ނޮވެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ހޮޓެލްޑިޒްރިންގައިވާ ގޮތުން މި ރިސޯޓު ހުޅުވާއިރިު، މި ރިސޯޓުގައި 61 ވޯޓާ ވިލާ ހުންނާނެ އެވެ. މި ރިސޯޓު ހުޅުވަނީ ދުނިޔޭގެ އެންމެ ބިޔަ ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލްގެ އެންމެ ލަގްޒަރީ މަރުކާ ކަމަށްވާ " ޖޭ ޑަބްލިއު މެރިއޮޓް" ގެ ނަމުގައެވެ.

މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާކް ގުސިން ވިދާޅުވީ ރިސޯޓު ހުޅުވާއިރު ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުންނާނެ އެވެ. މީގެ އިތުރުން ޓްރީޓޮޕް ރެސްޓޯރެންޓާއި އަގުބޮޑު ވައިސް ސެލާއެއް އަދި މުއްސަނދި މެރިން ލައިފްއެއްގެ އިތުރުން ކިޑްސް ކްލަބް ފަދަ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ.

މި ރިސޯޓު ތަރައްގީ ކޮށްފައިވާ ސަރަހައްދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 55 މިނެޓުން ސީޕްލޭންގައި ދެވޭނެ އެވެ. ފަސް ދޮޅަސް ގައުމުގައި 422 ހޮޓާ ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އާއި އެމެރިކާގެ ސްޓާވުޑް ހޮޓެލްސް ކުންފުނި 2016 ވަނަ އަހަރު އެއްކޮށްލުމުގެ ކުރިން ސްޓާވުޑް ކުންފުނިން ރާއްޖޭގައި ތިން ރިސޯޓު ހިންގި އެވެ.