ބޮލީވުޑް

ކެޓްރީނާގެ ކޮއްކޮ އިޒަބެލް ބޮލީވުޑަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އޭނާގެ ބޮލީވުޑްގެ ފުރަތަމަ ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.

އިޒަބެލްގެ ފުރަތަމަ ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި ތަރި ސޫރަޖް ޕަންޗޯލީ އެވެ. މި ފިލްމުގައި އިޒަބެލް ފެނިގެންދާނެކަން ކަށަވަރުކޮށްދިނީ ސޫރަޖް އޭނާގެ އޮފިޝަލް އިންސްޓަގުރާމުގައި ޕޯސްޓުކުރި ފޮޓޯއެއްގަ އެވެ.

މި ތަރިން އެއްކޮށް ފެނިގެންދާ ފިލްމަކީ "ޓައިމް ޓު ޑާން" އެވެ. ޑާންސް މިއުޒިކަލް މި ފިލްމުގައި ލެޓިން އެމެރިކާގެ މަޝްހޫރު ނެށުންތައް ކަމަށްވާ ސަލްސާ، ބަޗާޓާ އަދި ޒުންބާފަދަ ނެށުންތައް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ސްކްރިޕްޓު ލިޔެ ތައްޔާރުުކުރީ އަދި ކޯ ޕްރޮޑިއުސްކުރަނީ މަޝްހޫރު ކޮރިއޯގުރާފަރު ރެމޯ ޑިސޫޒާ އެވެ. ފިލްމު ޑައިރެކްޓުކުރާނީ ސްޓޭންލީ ޑިކޯސްޓާ އެވެ.

ފިލްމުގެ ޝޫޓިން މި މަހު ތެރޭގައި ލަންޑަނުގައި ފަށާނެ އެވެ.