ވިޔަފާރި

ހުދުރަންފުށި ރިސޯޓުގައި ޓްރެވަލް ފެއާއެއް ބާއްވަނީ

Apr 1, 2018
1

މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (އައިއެމްޓީއެމް 2018) ގެ ނަމުގައި ހުދުރަންފުށި ރިސޯޓުގައި، ރިސޯޓުގައި ބާއްވާ، ފުރަތަމަ ފަހަރަށް ޓްރެވަލް ފެއާއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އައިއެމްޓީއެމް ކުންފުންޏާއި އަދާރަން ރިސޯޓު ގުޅިގެން ރާއްޖޭގައި ބާއްވާ މި ފެއާއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ މި ފެއާގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން ކަމަށެވެ.

މި ފެއާގައި 20 ގައުމެއްގެ 40 ކުންފުނިން ބައިވެރިވާނެ އެވެ. ފެއާ ބާއްވަނީ އަދާރަން ސެލެކްޓް ހުދުރަންފުށީގައި ޖޫން 23-24 އަށެވެ.

އައިއެމްޓީއެމް ކުންފުނިން ބުނި ގޮތުގައި މި ފެއާގައި ރާއްޖޭގެ 200 ކުންފުންޏަކަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އައިއެމްޓީއެމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަރުޝަތު ވިދާޅުވީ ބޭނުމަކީ މާބޮޑު ހަރަދެއް ނުކޮށް ޓޫރިޒަމް ޕްރޮމޯޓް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ.

"މި ފެއާގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަދި ހޮޓާތަކާއި ޓުއާ އޮޕަރޭޓަރުން އަަދި ޓްރެވަލް ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ،" ފިރުޝަތު ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ އަހަރު ވަނީ "ޓީީޓީއެމް" ގެ ނަމުގައި ފުރަތަމަ ޓްރެވަލް ފެއާ ބާއްވާފަ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. އަދި މި އަހަރު ރާއްޖެ ޕްރޮމޯޓް ކުރަން އިތުރުން މަސައްކަތްތަކެއް ކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.