ވިޔަފާރި

އުރީދޫ ފުޓްބޯޅަ ފޯރީގެ އިނާމުގެ އަގު ފަސް ލައްކަ ރުފިޔާ!

Apr 1, 2018

އުރީދޫ އިން "ފުޓުބޯޅަ ފޯރީ" ގެ ނަމުގައި، ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކާ އެކު މުބާރާތެއް ފަށައިފި އެވެ.

އުރީދޫން މިއަދު ފެށި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 4242 އަށް "GO" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ އެވެ. އެސްއެމްއެސް ކުރުމުން ކޮންމެ މީހަކަށް ވެސް އަކުރު ތަކެއް އެކުލެވޭނެ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ މީހުން ހޮވައި އިނާމަކަށް އައިފޯން 10 ގެ ފޯނެއް ލިބޭނެ އެވެ. އަދި ކޮންމެ މަހަކު އެންމެ ގިނައިން ޕޮއިންޓް ހޯދާ މީހަކަށް 55 އިންޗީގެ ކާވްޑް ސެމްސަންގް ފުލް އެޗްޑީ ޓީވީއެއްގެ އިތުރުން ޕީއެސް ހަތަރެއްގެ ޕްރޯއެއް ވެސް ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަކުރުތައް ބޭނުންކޮށްގެން ބަހެއް ހެދުމަށް ފަހު 4242 އަށް މެސެޖު ކުރުމުން ބައިވެރިވެވޭނެ އެވެ. މިގޮތަށް ހަދާ ބަހަކަށް 100 ޕޮއިންޓް ލިބޭނެ އެވެ. މި އަގުރުތައް ބަދަލު ކުރަން ބޭނުންނަމަ "ޗޭންޖް" ނޫނީ "ނެކްސްޓް" ޖެހުމަށް ފަހު 4242 އަށް މެސެޖު ކުރުމުން އާ އަގުތަކެއް ލިބޭނެ އެވެ. އަކުރުތައް ބަދަލު ކުރުމުން ކޮންމެ ފަހަރަކު 500 ޕޮއިންޓް ލިބޭނެ އެވެ.