ކުޅިވަރު

ދެލަނޑާއެކު އަޝްފާގްގެ ފުރިހަމަ ރައްދެއް

ނިއު ރޭޑިއަންޓާއި އިންޑިއާގެ ޗެމްޕިއަން އައިޒޯލް އޭއެފްސީ ކަޕުގައި ކުޅުނު މެޗްގެ ލަނޑު ޖެހުމަށްފަހު ދަގަނޑޭ އުފާފާޅު ކުރަނީ :- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

އެސްޓީއޯ މަލޭ ލީގުގައި ޔުނައިޓެޑު ވިކްޓްރީގެ މައްޗަށް 4-1 ކުރި ހޯދައި ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ނިއު ރޭޑިއަންޓު ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނިއު ރޭޑިއަންޓުނެންނެވެ. ފަސް ވަނަ މިނިޓުގައި މިލަނޑު ޖަހައިދިނީ ސްޕެއިން ފޯވާޑް ގުއިލެމް މާޓީ އެވެ. ހިލޭ ޖެހުމަކުން އަލީ އަޝްފާގް ނަގައިދިން ހުރަސް މާޓީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. މިލަނޑަކީ އޭނާ ނިއު ރޭޑިއަންޓަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އޭގެ ފަހުން މެޗުގެ 30 ވަނަ މިނިޓުގައި ނަތީޖާ 0-2 ބަދަލުކޮށްލީވެސް މާޓީ އެވެ. މިފަހަރު އަޝްފާގް ޔުނައިޓެޑު ވިކްޓްރީގެ އޮފްސައިޑް މަޅިން ސަލާމަތްވެ ބޯޅަ ހިފައިގެން ވަދެ ހުސްކޮށްލާފައި ކުޅުނީ މާޓީ އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ގައުމީ ޓީމުން ބޭރުކޮށްލުމަށްފަހު އަޝްފާގް އޭނާގެ އެންމެ ފުރިހަމަ ކުޅުން ނުދައްކާ ކަމަށާއި މެންޓަލީ އޭނާގެ ވިސްނުން ރަނގަޅު ނޫން ކަމަށް ގައުމީ ކޯޗު ޕީޓާ ޝެގެޓް ބުނެފައި ވަނިކޮށް އަޝްފާގް މިވަނީ ގައުމީ ކޯޗަށް އަނެއްކާވެސް ފުރިހަމަ ރައްދެއް ދީފަ އެވެ. ކެރިއަރުގައި 400 އަށްވުރެ ގިނަ ލަނޑު ޖަހާފައިވާ ދަގަނޑޭ ވަނީ މިރޭގެ މެޗުގެ 50 ވަނަ މިނިޓުގައި އަދި އޭގެ ފަހުން 80 ވަނަ މިނިޓުގައި ޖަހައިދިން ދެލަނޑާއެކު އޭނާގެ އަސްލު ފެންވަރު ސާބިތުކޮށްދީފަ އެވެ.

އޭގެ މިނިޓެއް ފަހުން ކީޕަރު އިމްރާނަށް ސާފު ނުކޮށްލެވުނު ބޯޅައަކުން ޔޫވީއިން ގޯލެއް ކާމިޔާބުކުރި ނަމަވެސް ނިއު ވަނީ ބޯޅަ ކޮންޓްރޯލްކޮށްގެ ކުޅު އިތުރު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

މިއަދުގެ މެޗުގައި ނިއުއަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ ވަނީ ނިއުގެ ކުޅުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސަމްޕަތު ބުނެފައިވަނީ މެޗުގައި ކުޅުން ބޭނުންވީ އަވަސް ފުޓުބޯޅައެއް ކަމަށާއި ނަމަވެސް ޓީމުގެ ފަރާތުން ފުނުނީ ލަސް ކުޅުމެއްކަން އޭނާ ފާހަގަ ކުރި އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު ނަޒީހް ބުނީ އެއްވެސް ހާސްކަމެއް ނެތް ކަމަށާއި އޭނާ އެންމެނަށްވެސް އިހްތިރާމް ކުރާ ކަމަށާއި އަދި އޭނާ ދެކޭގޮތް އެހެން މީހެއްގެ ޕްރެޝަރުގެ ސަބަބުން ބަދަލު ނުވާނެ ކަމަށެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910