ބައިބަލާ

ބައިބަލާ ޗެލެންޖުގައި ޓީއެފްޓީއަށް ތާރީހީ ކާމިޔާބީއެއް

ފިތުރު އީދު ބައިބަލާ ޗެލެންޖު 1446ގެ ޗެމްޕިއަން ޓީމް، ދަ ފުޓްސެލް ޓައުން -- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
0%
0%
0%

ބައިބަލާ އެސޫސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފިތުރު އީދު ބައިބަލާ ޗެލެންޖު 1446ގެ ޗެމްޕިއަންކަން ދަ ފުޓްސެލް ޓައުން (ޓީއެފްޓީ) އިން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.

މި ޓީމުން ކާމިޔާބީ ހާސިލުކޮށްފައިވަނީ ފައިނަލްގައި ވާދަވެރި ލޮރެންޒޯ ސްޕޯޓްސްއަށް ވުރެ މޮޅު ކުޅުމެއް ދައްކައި، މުޅި މުބާރާތުގެ ފަހު ވަގުތުތަކުގައި ދައްކާފައިވާ ހިތްވަރުގަދަ ކުޅުމާ ގުޅިގެންނެވެ.

މިފަހަރުގެ ބައިބަލާ ފައިނަލަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އަދި ކުޅިވަރަށް ލޯބިކުރާ މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު ބައިބަލާ މެޗެވެ.

ފުރަތަމަ ބައިގައި ޓީއެފްޓީން 9-3ގެ ބޮޑު ތަފާތަކުން ކުރިއަށް ދިޔަ ނަމަވެސް ދެވަނަ ބައިގައި ލޮރެންޒޯ ސްޕޯޓްސް އިން ކުޅުން ރަނގަޅު ކޮށްފަ އެވެ. ނަމަވެސް މެޗު ނިމުމަށް އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް ޓީއެފްޓީން ވަނީ 7-7 އަށް މެޗު އެއްވަރުކޮށް، މުޅި މުބާރާތުން ކުރިހޯދައި ޗެމްޕިއަންކަން ހޯދާފަ އެވެ.

ބައިބަލާގައި ކޮންމެ އަހަރަކު ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "މިސްޓާ ބައިބަލާ"ގެ މަގާމު މިއަހަރު ހޯދީ ލޮރެންޒޯ ސްޕޯޓްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ނިޝާން (އަބޯ) އެވެ.

އަބޯއަށް މިއަހަރު މިސްޓާ ބައިބަލާގެ އެވޯޑް ލިބުމާ ގުޅިގެން އޭނާ ވެފައިވަނީ އެ ޝަރަފް އެންމެ ގިނަ އަހަރު ލިބުނު ކުޅުންތެރިޔާ އަށެވެ. އެގޮތުން އޭނާ މިހާރު އެ ވަނީ ތިން އަހަރު މިސްޓާ މޯލްޑިވްސްގެ ޝަރަފް ހޯދާފަ އެވެ.

ކޮންމެ އަހަރަކުވެސް ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ކުލަބުތަކުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ތައްޔާރުވާ މުބާރާތެކެވެ. މިފަހަރު މި މުބާރާތުގައި 29 ޓީމު ބައިވެރިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910