ކުޅިވަރު

ރެއާލް އާއި ބަޔާން ސެމީ ފައިނަލާ ގާތަށް!

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑާއެކު ޔުވެންޓަސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރޭ ކުޅުނު ސެމީގެ ދެ މެޗުގެ ތެރެއިން، ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ، ރެއާލް އާއި ޔުވެންޓަސް ކުޅުނު މެޗަށެވެ. އެ ދެ ޓީމަކީ އެންމެ ފަހު ފައިނަލުގައި ކުޅުނު ދެ ޓީމެވެ. ޗެމްޕިއަންސް ލީގްގެ ޒަމާނީ އާ ބަދަލާއެކު، އެ މުބާރާތް ޖެހިޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކާމިޔާބު ކުރި ފުރަތަމަ ޓީމުގެ ޝަރަފު ރެއާލުން ހޯދީ، މިދިޔަ އަހަރުގެ ފައިނަލުގައި، ޔުވެންޓަސް ބަލި ކުރުމަށްފަހު އެވެ.

އެ މެޗުގައިވެސް ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ރޭގެ މެޗުގައި، ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓްގައި، ރޮނާލްޑޯ ކާމިޔާބު ކުރީ އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުން ފޮނުވާލި ހިލޭޖެހުން ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.

ދެ ވަނަ ހާފުގައި ރަނގަޅަށް ފެށީވެސް ޔުވެންޓަސްއިންނެވެ. ދެ ވަނަ ހާފުގެ ފުރަތަމަ ކޮޅު، ޔުވެންޓަސްއިން ރެއާލްގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ރެއާލުން ޔުވެންޓަސްގެ ގޯލަށް ހަމަލާއެއް ފޮނުވާލެވުނީވެސް، ދެ ވަނަ ހާފުން އަށް މިނެޓް ކުޅެވުނު ފަހުންނެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ، ޔުވެންޓަސްގެ ޑިފެންސަށް ހެދުނު މިސްޓޭކުން ފައިދާ ނަގައިގެންނެވެ. ޑިފެންސާއި ކީޕަރު ޖިއާންލުއީޖީ ބުފޮން އަށް މާރަނގަޅަށް ސަމާލު ނުވެވުމުން، ޕެނަލްޓީ އޭރިއާގެ އަރިމަތިން އެ ބޯޅަ ލިބުނީ ރޮނާލްޑޯ އަށެވެ. އޭނަ ވަނީ އެ ބޯޅަ ލޫކަސް ވަޒްކްއޭޒްއަށް ނަގައިދީފައެވެ. ވަޒްކްއޭޒު ފޮނުވާލި ބޯޅަ ބުފޮން ދިފާއުވެސް ކުރި އެވެ. ނަމަވެސް ބޯޅަ ދިޔައީ ރީބައުންސް ވެގެންނެވެ. ރީބައުންސްވި ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާގެ ބޭރުން ޑެނިއަލް ކަރަވަހާލް އަށެވެ. އޭނާ އެ ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރުމުން، ބޯޅަ ވައިގެ ތެރޭގައި އޮތްވައި ބައިސްކަލް ކިކަކުން ރޮނާލްޑޯ ވަނީ ގޯލްތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ރެއާލްގެ ތިން ވަނަ ލަނޑު މާސެލޯ ކާމިޔާބު ކުރީ، ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ސެވިއްޔާގެ ދަނޑުގައި ބަޔާން އާ ދެކޮލަށް އެ ޓީމުން ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖެހީވެސް ސެވިއްޔާއިްނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕަބެލޯ ސަރާބިއާ އެވެ. އޭގެ ފަސް މިނެޓް ފަހުން ބަޔާން އިން ނަތީޖާ ހަމަހަމަ ކުރީ ސެވިއްޔާގެ ޖީސަސް ނާވަސް އަތުން ބައިކޮޅަށް ލަނޑު ވަނުމުންނެވެ.

ބަޔާންއިން ލީޑް ނެގީ މެޗުގެ 67 ވަނަ މިނެޓްގައެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ތިއާގޯ އަލްކަންޓާރާ އެވެ.