ވިޔަފާރި

އެސްޓީއޯ އިން މަލްޓި-ކޮމްޕްލެކްސް ބިލްޑިންގް އެއް ސިނާއީ އަވަށުގައި އަޅަނީ

Apr 4, 2018

އެސްޓީއޯ އިން މަލްޓި-ކޮމްޕްލެކްސް ބިލްޑިންގް އެއް ސިނާއީ އަވަށުގައި އަޅަން ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯ އިން ވަނީ މާލެ އިންޑަސްޓިރިއަލް ވިލެޖުގައި ތަރައްގީ ކުރާ "މަލްޓި-ކޮމްޕްލެކްސް" ބިލްޑިންގެ ޑިޒައިން އާއި މެނޭޖުކުރާނެ ފަރާތެއް ހޯދަން މިހާރު އިއުލާނުކޮށްފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި "މަލްޓި-ކޮމްޕްލެކްސް" ބިލްޑިންގައި ގިނަ އަދަދެއްގެ ގުދަން ތަކެއް ހުންނާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލޭގައި އެންމެ ގިނަ ބިންތައް ހުރި އެއް ކުންފުންޏެވެ. އަދި ރާއްޖެ އަށް ބޭނުންވާ ކާޑާއި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ ކުންފުންޏެވެ.