މަދީނާގައި މިއަހަރު އޮކްޓޯބަރު މަހު ބާއްވާ އެގައުމުގެ 40 ވަނަ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްކެއަށް ދީފި އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ މުބާރާތުގެ ދެ ގޮތްޕަކުން ރާއްޖެއިން ބައިވާގޮތަށް ނިންމާފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، މަލިކް އަބްދުލް އަޒީޒް ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މަދީނާއަށް ދެވޭނީ ކޮންމެވެސް ދެ ބައިވެރިއަކަށެވެ. އެއީ ދެ ގޮފިން ބައިވެރިވާ ދެ ބައިވެރިންނެވެ.
ރާއްޖެއިން ބައިވެރިވެފައިވަނީ މުޅި ގުރްއާން ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފިންނާއި ތަރުތީބުން 15 ފޮތް ހިތުދަސް ކޮށްގެން ތަޖްވީދުމަގުން ކިޔެވުމުގެ ގޮފިންނެވެ.
މިނިސްޓްރީން ބުނީ، މުބާރާތުގައި ބައިވެރިވެވޭނީ މީގެ ކުރިން މީގެކުރިން މި މުބާރާތުގައި ބައިވެރިވެފައި ނުވާ އުމުރުން 25 އަހަރު ފުރިފައިވާ ފިރިހެނުންނަށް އެކަނި ކަމަށެވެ.
މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ދެ ބައިވެރިއަކު ހޮވުމަށް ޝަރުތުހަމަވާ ފަރާތްތަކުން މި މަހުގެ 30ވާ ހޯމަ ދުވަހުގެ 1:30 ގެ ކުރިން ސިޓީ ހުށަހެޅޫމަށް ިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ. މުބާރާތަށް ބައިވެރިން ހޮވާނީ މިނިސްޓްރީން ބާއްވާ އޮޑިޝަނަކުންނެވެ.