ކުޅިވަރު

ގައުމީ ވޮލީ ޓީމްގެ ކެޕްޓަނަކަށް ލޯންގޭ

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް، ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖައްސައިފި އެވެ.

ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސަފައި ވަނީ، އަލީ ހުޒާމު އެވެ. ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ފަހުން ހުރީ އިޝާން މުހައްމަދު ވަނީ، މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ކުރިން ވިދާޅުވެފައި ވަނީ، ގައުމީ ސްކޮޑުން ޖާގަ ދޭނީ ގަވާއިދުން ޕްރެކްޓިހަށް އަންނަ ކުޅުންތެރިންނަށް ކަަމަށެވެ. ގައުމީ ސްކޮޑަށް ކުޅުންތެރިން ނެގުމުގައި އޭނާ ވަނީ ބައެއް އުސޫލުތައްވެސް އެކުލަވާލާފަ އެވެ.

މިފަހަރު ސްކޮޑުން، މުޅިން ހަތަރު ކުޅުންތެރިޔަކަށްވެސް ވަނީ ފުރުސަތު ދީފަ އެވެ. ގައުމީ ޓީމު ތައްޔާރު ވަމުން ދަނީ އޭވީސީ ސެންޓަރަލް ޒޯން ވޮލީބޯޅަ މުބާރަތަށެވެ. މުބާރާތް އޮންނާނީ މިމަހު 19 އިން 26 އަށް ބަނަގުލަދޭޝްގަ އެވެ.