އޮފްބީޓް

ޝާހީ ޖަވާހިރުކޮޅެއް 300 އަހަރަށްފަހު ވިއްކާލަނީ

ފާއިތުވި 300 އަހަރު ތެރޭގައި މި ޖަވާހިރުކޮޅު ވާރުތަވެގެން މިހާ ހިސާބަށް އައީ ޔޫރަޕުގެ ޝާހީ ހަތަރު ދަރިކޮޅެއް ކަޑައްތުކޮށްފަ އެވެ. ނަމަވެސް 6.16 ކެރެޓު ހުރި މި ތާރީހީ ޖަވާހިރުކޮޅު އަންނަ މަހު ނީލަމުގައި ވިއްކާލާނެ އެވެ.

ގަދަ ނޫ އަދި އަޅި ކުލައެއް ހުންނަ މި ޖަވާހިރުކޮޅު ނަގާފައި ވަނީ ކޮލޮކޮންޑާ ކިޔާ އިންޑިއާގެ ޖަވާހިރު ވަޅަކުންނެވެ. މި ވަޅަކީ މަޝްހޫރު ހޯޕް ޑައިމަންޑުވެސް ފުރަތަމަ ފެނުނު ޖަވާހިރު ވަޅެވެ.

މި ޖަވާހިރުކޮޅު އެންމެ ފުރަތަމަ ހަދިޔާކުރީ 1715 ގައި ފްރާންސުގެ ރާނީ އެލިސަބަތް ފާނީސް އަށެވެ. އިޓަލީއަށް އުފަން ރާނީ އެލިސަބަތް އަށް އެ ޖަވާހިރުކޮޅު ހަދިޔާކުރީ ސްޕެއިންގެ ރަސްގެފާނު ފިލިޕް 5 އަކާއި ކައިވެނި ބައްލަވައިގަތުމުގެ މުނާސަބަތުގަ އެވެ. މި ޖަވާހިރުކޮޅަށް ދީފައިވާ ނަމަކީ "ދަ ފާނީސް ބްލޫ" އެވެ.

ތާރީހީ މި ޖަވާހިރުކޮޅު ރާނީ އެލިސަބަތްގެ ފަހުން އައި ހަތް ދަރިކޮޅަކަށް ވާރުތަވެފައިވެ އެވެ. ރާނީ އެލިސަބަތްގެ ދަރިކޮޅުން ޔޫރަޕްގެ އެކި ގައުމުތަކުގެ ދަރިކޮޅުންނާއި ކައިވެނި ބައްލަވައިގަތުމުން ސްޕެއިން، ޕްރާންސް، އިޓަލީ އަދި އޮސްޓްރިއާގެ ޝާހީ ދަރިފަސްކޮޅުތަކުގައި މި ޖަވާހިރުކޮޅު ދައުރުވެފައިވެ އެވެ.

މި ޖަވާހިރުކޮޅު އިތުރަށް ރީތިކުރުމަށްޓަކައި އިޓަލީގެ ދަރިފަސްކޮޅެއް ކަމަށްވާ ޑޫކް އޮފް ލޫކާގެ ރަސްގެފާނު ޗާލްސް 2 ގެ ޓައީ ޕިންއަކާއި ފްރާންސުގެ ރާނީ މެރީ އެންޓޯނީޓްގެ "ޓިއާރާ" ޖަވާހިރުވެސް ބޭނުންކޮށްފައިވެ އެވެ.

އަންނަ މަހު އިނގެރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތް މި ޖަވާހިރުކޮޅު ޖެނީވާގެ ހުންނަ އާޓް ޑިލުތައް ހަދާއި ކުންފުނި ސޯތްބައި މެގްނިފިޝެންޓް ޖުވެލްސް އަދި ނޯބަލް ޖުވެލްސްގައި ނީލާމުގައި ވިއްކާލާނެ އެވެ. ނީލާން ފަށާ އަގަކީ 5.27 މިލިއަން ޑޮލަރެވެ.

ދަ ފާނިސް ބްލޫ ނީލާމުގައި ވިއްކާލުމުގެ ކުރިން މި މަހު 29 ގައި އާންމުންނަށް ފެންނަ ގޮތަށް ހޮން ކޮންގުގައި ހުންނަ ސޯތްބައި ޝޯރޫމްގައި ޑިސްޕްލޭކުރާނެ އެވެ. މި މަސް ނިމުމުގެ ކުރިން ލަންޑަން، ނިއުޔޯކް، ޓައިޕޭ އަދި ސިންގަޕޫރުގައިވެސް އާންމުންނަށް ދައްކާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.