ވިޔަފާރި

ވެލިގާގެ ބްލަންކް ފިހާރަ ހުޅުވައިފި

ތަފާތު ލައިޓާއި ފާހާނާގެ ސާމާނަށް ހާއްސަކޮށް، ވެލިގާ ހާޑްވެއާ އިން "ބްލަންކް" ގެ ނަމުގައި ބްރޭންޑްކޮށް އާ ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

ހާޑްވެއާގައި މިހާރު އެންމެ މަޝްހޫރު އެއް ވިޔަފާރި ކަމަށްވާ ވެލިގާއިން ތައިލެންޑުގެ ޕްރޮޑަކްޓްތަކަށް ހާއްސަ ފިހާރަ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން މުހައްމަދު އަބޫބަކުރެ އެވެ.

ޖަނަވަރީމަގު ގައި ހުޅުވި މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެލިގާގެ ޑިރެކްޓަރު ހަދީޖާ މުހައްމަދު ވިދާޅުވީ މި ފިހާރައަކީ މިގޮތަށް ވަކި ޕްރޮޑަކްޓަކަށް ހުޅުވާ ފުރަތަމަ ފިހާރަ ކަމަށެވެ. އަދި މި ފަދަ ފިހާރައެއް ހުޅުވަން ނިންމީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފިހާރަ [ބްލަންކް ޝޯރޫމް] ގެ ބޭނުމަކީ ފާހާނާއި ގޭތެރެ ޑިޒައިންކުރުމަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން،" ހަދީޖާ ވިދާޅުވި އެވެ.

"މި [ބްލަންކް ޝޯރޫމް] ތަނުން ލިބެން ހުންނާނީ ފެނުގެ ހަރަދުކުޑަ ކުޑަ ޖާގައެއްގައި ބޭނުންކޮށްލެވޭ އުފެއްދުންތަކެއް. އެފަދަ އުފެއްދުންތަށް ހޯދުމަށް އިސްކަމެއް ދިނިން. މި ޝޯރޫމް ޑިޒައިން ކޮށްފައިވާނީ ގެދޮރާއި ގެސްޓްހައުސް އަދި ރިސޯޓުތަކަށް ބޭނުންވާނެ ހުރިހާ ޕްރޮޑަކްޓްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބުން."

"ޝޯ ރޫމް ޑިޒަރިން ކުރުމުގައި އެންމެ ބޮޑަށް ވިސްނި އަނެއް ކަމަކީ ފަސޭހައިން ބަލައިލެވޭނެ ގޮތަށް ޝޯރޫމް ހެދުން. މިތަނުން ލިބެން ހުރި ޕްރޮޑަކްޓްތަކުގެ ބާވަތާއި ބޭނުންކުރާ ގޮތުގެ ފުރިހަމަ އިރުޝާދު އަޅުގަނޑުމެން އަރުވާނަން."

ޝޯ ރޫމް ޑިޒަރިން ކުރުމުގައި އެންމެ ބޮޑަށް ވިސްނި އަނެއް ކަމަކީ ފަސޭހައިން ބަލައިލެވޭނެ ގޮތަށް ޝޯރޫމް ހެދުން. މިތަނުން ލިބެން ހުރި ޕްރޮޑަކްޓްތަކުގެ ބާވަތާއި ބޭނުންކުރާ ގޮތުގެ ފުރިހަމަ އިރުޝާދު އަޅުގަނޑުމެން އަރުވާނަން
ވެލިގާގެ ޑިރެކްޓަރު ހަދީޖާ މުހައްމަދު

މި ރަސްމިއްޔާތުގައި ވީއެޗްއާރުގެ ފަރާތުން ހަނދާނީ ހަދިޔާއަކަށް ހާއްސަ މާބޮޑިއެއް ވެލިގާއަށް ހަދިޔާ ކުރުން ވެސް އޮތެވެ.

"އަޅުގަނޑުމެން ވަރަށް އުފާވެ ވެލިގާފަދަ އާއިލީ ވިޔަފާރިއަކާއެކު ގުޅިގެން ވިޔަފާރި ކުރެވޭތީ. އަޅުގަނޑުމެން ވެލިގާއާ ގުޅިގެން ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް ރާއްޖެއަށް ގެނެދޭނަން،" ވީއާރުއެޗް ޖެނެރަލް މެނޭޖަރު ޕިސާނޯ މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ތަކެތި ނަން ހުސްކޮށް އެބަހުރި

ތައިލެންޑުގެ ވީއެޗްއާރު އުފެއްދުންތައް ތައާރަފު ވާން ފަށާފައިވަނީ 1972 ވަނަ އަހަރުން ފެށިގެންނެވެ. މި ގޮތުން ރާއްޖޭގައި ވެލިގާ އިން ހުޅުވި "ބްލަންކް" ފިހާރާގައި ސްޓޭންލެސް ސްޓީލް ތަފާތު ފެން އިސްކުރާއި ފާހާނާ އަށް ބޭނުންވާ ސާމާނު އެބަހުއްޓެވެ.

ވެލިގާގެ މާކެޓިން މެނޭޖަރު އިރުފާއު އަބްދުﷲ ވިދާޅުވީ އެ ކުންފުންޏަކީ މި އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްރިބިއުޓަރު ކަމަށެވެ.

"ތައިލެންޑަށް ގޮސް ގަތުމެވޭ ރާއްޖޭން ގަތުމެކޭ މި ޕްރޮޑަކްޓް މިހާރު ޖެހޭނީ އެއްތަނެއްގައި. މީގައި އެޑްވާންޓޭޖަކީ އަޅުގަނޑުމެން ވޮރެންޓީ ވެސް ދެން،" ވިދާޅުވި އެވެ.

"ގެސްޓްހައުސް އާއި ސަފާރީ އަށް ވެސް ހާއްސަ މި ޕްރޮޑަކްޓްތައް. ގެދޮރު ހަދަން ވެސް މި ހާއްސަ. އެންމެ މަތީ ލެވަލްގެ އެއްޗިހިވެސް އެބަހުރި."

ވީއާރުއެޗް އުފެއްދުންތަކުގެ ވީޑިއޯއެއް

ވެލިގާގެ ބްލަންކް ފިހާރާގައި ބާތް ޓަބުން ފެށިގެން ފެން އިސްކުރާއި ޑޯމެޓް އަދި ތުވާއްޔާއި ގްލާސް ޝަވާ ކޮޓަރި ފަދަ ތަކެތި ވެސް ލިބެން ހުރެ އެވެ. މިއީ ރާއްޖޭގެ މާހައުލާ ގުޅޭ ޕްރޮޑަކްޓްތަކެއް ކަމަށް ވެލިގާއިން ބުނެ އެވެ.

ވެލިގާގެ ވިޔަފާރިއަށް ބޮޑު ބަދަލެއް ގެންނަމުންދާއިރު، އެ ކުންފުނިން ދާދިފަހުން ވަނީ ޖަރުމަނުގެ "މެޓާބޯ" ޕަވާޓޫލްސް ވެސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.