ދިވެހި ސިނަމާ

"ވަކިން ލޯބިން"ގެ ވަދާއީ ޝޯ މިރޭ!

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ރިލީޒްކުރި ފިލްމު "ވަކިން ލޯބިން" ގެ ވަދާއީ ޝޯ މިރޭ އޮލިމްޕަހުގައި ދައްކާނެ އެވެ. މި ޝޯގެ ޓިކެޓު މިހާރު އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ.

ކޯޓް ރޫމް ޑްރާމާ ފިލްމު ވަކިން ލޯބިން އަކީ ވަރަށް ލޯބިން ދިރިއުޅެމުން އުޅެމުން އައި ދެމަފިރިއަކު ވަރިވުމުން، އެ ދެމަފިރިންގެ ދަރިފުޅުގެ ކަސްޓަޑީ ހޯދުމަށް ކުރާ ކަންތައްތަކެއް ގެނެސްދޭ ފިލްމެކެވެ. އާއިލީ ގިނަ މައްސަލަތަކެއްގެ މައްޗައް އަލިއަޅުވާލާފައިވާ މި ފިލްމުން މުޖުތަމައުއަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދެ އެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން ނުޒުހަތު ޝުއައިބް ވެސް މި ފިލްމުގައި ފެނިގެންދެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ.

"ވަކިން ލޯބިން" ގެ ޓްރެއިލާ.

ވަކިން ލޯބިން ޑައިރެކްޓުކުރީ ޗިއްޕެ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.

މި ފިލްމުގެ އިތުރަށް ޑާކްރެއިންގެ ސުޕަހިޓް ދެ ފިލްމުކަމަށްވާ "ވާށޭ މަށާ އެކީ" އަދި "މިއީ ލޯތްބަކީ" ގެ ހާއްސަ ޝޯއެއްވެސް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ވާށޭ މަށާ އެކީ މި މަހު 12 ގައި ދައްކަން ނިންމާފައިވާއިރު، މިއީ ލޯތްބަކީ ދައްކާނީ މި މަހު 13 ގަ އެވެ. މި ހުރިހާ ޝޯތަކެއް ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.