ހަބަރު

މާމެންދޫ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގއ. މާމެންދޫ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު މާމެންދޫ ފަޅުތެރޭގައި 39 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:15 އެހާއިރު ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.