ލައިފްސްޓައިލް

ހަފުތާގެ ތެރޭގައި ވައިގައިހިފި ހަބަރުތަކަކީ ކޮބާ؟

ދުނިޔޭގައި އެތައް ކަމެއް ހިނގަމުންދާއިރު ގިނަ ފަހަރަށް ގިނަ މީހުނަށް އުޅެންޖެހިފައި ވަނީ ކޮންމެވެސް ކަހަލަ ހާސްކަމެއްގެ ތެރޭގައި އެވެ. މިކަހަލަ ވަގުތުތަކުގައި މިހާ ކުޑަކޮށް ހަމަޖެހިލުމަށްޓަކައި ކޮންމެވެސް ކަހަލަ ތަފާތު ވާހަކައެއް ނޫނީ ތަފާތު ކަމެއް ބަލާލަން ބޭނުންވާނެ އެވެ.

ވަގުތު ކޮޅަކަށް ނަމަވެސް މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައި ހިތަށް ފިނިކަމެއް ގެނެސްދޭނެ މަޖާ ނުވަތަ ހިތްފަސޭހަ ވާހަކައެއް އަޑުއަހާލަން ބޭނުންވާނެ އެވެ. އެގޮތުން މި ގެނެސްދެނީ ފާއިތުވި ހަފްތާގައި ޝޯޝަލް މީޑިއާގައި އެންމެ ވައިގަހިފި ގިނަ ބަޔަކު ހެއްވާލައި އަދި އުފާކޮށްލި ބައެއް ހަބަރުތަކެވެ.

ޓޯކިޔޯތަ؟ ސްވިޒަލޭންޑުތަ؟

މިދިޔަ ހަފްތާގައި ރާއްޖޭގެ ޝޯޝަލް މީޑިއާ ވަކި ހިތްޕާލާފައި އޮތީ މި ބަހުސެވެ.

ޓޯކިޔޯގެ ބަހުސް ފެށުނީ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވުމުން ވެރިރަށް މާލެ ތަރައްގީކުރާނީ ޖަޕާނުގެ ޓޯކިޔޯ ފެންވަރަށް ކަމަށް ބުނި ހިސާބުން އެވެ. ގިނަ ބަޔަކު ވަނީ މިކަން މަޖާ ކަމަކަށް ހަަދައި ޝޯޝަލް މީޑިއާގައި އެކި ކަހަލަ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކޮށްފަ އެވެ.

މި ބަހުސްގެ ދެމެދަށް ސްވިޒަލޭންޑު އައީ "ރާއްޖެ ސުވިޒަލޭންޑަށް ބަދަލުކޮށް ނުލެވޭންވީ ސަބަބެއް ނެތް" ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ފޭސްބުކް ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއް.
އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓެއް.
އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓެއް.
އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓެއް.
ފޭސްބުކްގައި އާންމުގެ މީހަކުކޮށްފައިވާ ޕޯސްޓެއް.
އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓެއް.

ފަލަސްތީނުގައި ދިވެހި ދިދަ ވިހުރާލުން

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިޒުރޭލުގެ ސަރުކާރާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރޭގައި ދިވެހި ގައުމީ ދިދަ ވިހުރާލުން ވެގެންދިޔައީވެސް ގިނަ ބައެއް ލޯތައް އެ ދީމާލަކަށް ހުއްޓުނު ހަބަރަކަށެވެ.

ފަލަސްތީނާއި ދިވެހި ރައްޔިތުންގެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތްކުރާ ދިވެހި އަމިއްލަ ޖަމިއްޔާއަކުން ކޮށްފައިވާ ޕޯސްޓެއް.

"ދަ ގްރޭޓް ރިޓާން މާޗް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާގެ ތެރެއިން ދިވެހި ދިދަ ފަލަސްތީނުގެ ރައްޔިތުން ވިހުރުވާލީ އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ކުރަމުންދާ މަސައްކަތާއި ބައިނަލްއަގުވާމީ އެކި މައިދާނުގައި ފަލަސްތީނާ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

ދިވެހިންގެ ތާރީހު ދައްކުވައިދޭ ގިނަ ފޮޓޯތަކެއް

އައްޑޫ، ގަމުގެ ކުދިންތަކެއް - 1959 ގައި.
70ގެ އަހަރުތަކުގައި މާލޭގައި އޮތް މިއުޒިކު ޝޯއެއް ބަލަންދިޔަ ކުދިބައެއް.
ސުލްތާން މުކައްރަމް މުހައްމަދު އިމާދުދީން 2 (ކޮރު ބަންޑާރައިން) ގެ މަހާނަފުޅު - މި މަހާނަފުޅު ހުންނަނީ މަލިކުގައި.
1962 ގައި ނިކުތް އައްޑޫގެ ނޫހެއްކަމަށްވާ، ދަ ޓައިމްސް އޮފް އައްޑޫގެ ލިޔުންތަކެއް.
އައްޑޫގެ އޮޑި "ޔާހުމްބަރާސް" - މި އޮޑި ކަނޑު އަޑިއަށް ފައްތާލީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ނާވެރިން.
1988 ވަނަ އަހަރު މާލެ އޮތް ގޮތް.
ދިވެހި އަންހެނުން އެހާރާއި މިހާރު، ސަގާފީ ހެނދުން އެޅުމަށް އައި ބަދަލުތައް.
ރާއްޖޭގެ ފުރަތަމަ ކުޑަ ކަތީބު، ބ. ދަރަވަންދޫ ހުސެއިން ކަލޭގެފާނު މުހައްމަދުފުޅު.
މަޖީދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް، 1971 ގައި.

80 ބިލިޔަން ފީފާގެ ތެޔޮ ހުރި ވަޅެއް ހޯދުން

ބޭރު ދުނިޔޭގެ ހަބަރުތަކަށް ބަލާއިރު މި ހަބަރަކީ ފާއިތުވި ހަފްތާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ހަބަރެވެ. މި ތެޔޮވަޅު ހޯދާފައި ވަނީ ބަޙުރައިންގެ ކަނޑުގެ ސަރަހައްދަކުންނެވެ.

އެމެރިކާގެ ދެ ކުންފުންޏަކުން އަލް ޚަލީޖް އަލް ބަޙުރައިން ނަމަކަށް ކިޔާ އުސްގަނޑު ބަލަނިކޮށް ފެނުނު އެ ތެޔޮވަޅުގައި 280 ބިލިޔަން ކިއުބިކް މީޓަރާއި 560 ބިލިޔަން ކިއުބިކް މީޓަރާ ދެމެދުގެ މިންވަރެއްގެ ގުދުރަތީ ގޭސް ވެސް ހުރިކަމަށް ބެލެވިފައިވެ އެވެ. ނަމަވެސް އަލަށް ފެނުނު ތެޔޮވަޅުން ނެގޭނީ ސީދާ ކިހާ މިންވަރެއްގެ ތެޔޮކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

"ޑެސްޕަސީޓޯ" ޔޫޓިއުބުގައި ފަސް ބިލިއަން ވިއުސް ހޯދުން

މިއީ ޔޫޓިއުބު ވީޑިއޯއެއް ފަސް ބިލިއަން ވިއުސް ހޯދި ފުރަތަމަ ފަހަރެވެ. މި ލަވައަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ލަވައެކެވެ.

ފަސް ބިލިއަން ވިއުސް ލިބުނީ ކޯސްޓާ ރިކާގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ ކިޔާފައިވާ މި ލަވައިގެ ސްޕެނިޝް ވާޝަންއަށެވެ. މި ލަވައަކީ ޕުއޭޓޯ ރިކޯގެ ރެޕަރު ޑެޑީ ޔަންކީ އާއެކު ލުއިސް ފޮންސީ ކިޔާފައިވާ ލަވަ އެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކު ވީޑިއޯއަކީވެސް މި ލަވަ އެވެ.

ޑެސްޕަސީޓޯ އޮފިޝަލް ލަވަ.

މޯލްޑިވިއަން އައިޑޮލްގެ ޖަޖުން ހޫނުވުން

ހަފްތާ ނިމިގެންދިޔަ އިރު އެންމެ ވައިގައިހިފާފައި އޮތީ މި ހަބަރެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ބައެއް ޖަޖުންގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި ބެލުންތެރިނާއި މިއުޒިކީ ފަންނާނުންގެ ބޮޑު ފާޑުކިޔުމެއް ޝޯއަށް އަމާޒުވެގެންދިޔަ އެވެ.