ބޮލީވުޑް

ސޯނަމް ކަޕޫރް އަންނަ މަހު ކައިވެނި ކުރަނީ

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް އާއި އަނަންދު އަހޫޖާ އަންނަ މެއި މަހު ކައިވެނިކުރަން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.

ސީދާ ތާރީހު ޔަގީންނުވި ނަމަވެސް ފިލްމުފެއާ އިން ރިޕޯޓުކުރި ގޮތުގައި މި ދެމީހުން ކައިވެނިކުރާނީ އަންނަ މަހު ދެ ވަނަ ހަފްތާ ތެރޭގަ އެވެ.

މި ދެ މީހުން ކައިވެނިކުރާނީ ސުވިޒަލޭންޑުގެ ޖެނިވާގަ އެވެ. ސޯނަމް އާއި އަނަންދުގެ ޖޯޑަކީ ގިނަ ބައެއް ލޯބި ލިބިފައިވާ ޖޯޑެކެވެ. ދެމީހުން އެއްކޮށް ނަގާފައި ހުންނަ ފޮޓޯތައް އަބަދުވެސް ޝޯޝަލް މީޑިއާގައި އާންމުކުރެ އެވެ.

މި ދެމީހުންގެ ކައިވެންޏަށް ފޭނުން އިންތިޒާރުކުރަމުން އަންނައިރު މި ކައިވެންޏަކީ އާދައިގެ ކައިވެންޏަކަށް ނުވާނެ ކަމަށް ގިނަ ބަޔަކުދެކެ އެވެ.

ހަފްތާއަކަށް ދެމިގެންދާ ކައިވެނީގެ ހަފްލާތަކަށް އެ ދެމީހުންގެ ގިނަ އަދަދެއްގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން ސްވިޒަލޭންޑަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.