ކުޅިވަރު

ކޮންޓޭގެ ހިތްހަމަ ނުޖެހުން ކުޅުންތެރިންނަށް

ޥެސްޓްހަމް އަތުން މޮޅު ނުވެވި، ގަދަ ހަތަރެއް ގެއްލޭނެ ކަމުގެ ބިތު ކުރިމަތިވުމުން، ޗެލްސިގެ ކޯޗް އެންޓީނިއޯ ކޮންޓޭގެ ހިތްހަމަ ނުޖެހުން ކުޅުންތެރިންނާ މެދު އުފުލައިފި އެވެ.

ޕްރިމިއާ ލީގްގައި މި އަހަރު ޗެލްސީއަށް މޮޅު ވެވުނީ އެންމެ ތިން މެޗުންނެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ ހަތް މެޗުންނެވެ. ވެސްޓަހަމް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ. ކޮންޓޭ ބުނީ އެކަހަލަ މެޗުތަކުން މޮޅު ނުވެވޭނަމަ ޗެމްޕިއަންސް ލީގް ޖާގަ ހޯދަން ފަސޭހަ ނުވާނެ ކަމަށެވެ.

"ލަނޑު ޖަހަން ވަރަށް ސަމާލުވެ ތިބެންޖެހޭނެ، ފުޓްބޯޅަ އަކީ ވަަރަށް ސިމްޕަލް އެއްޗެއް، ލަނޑު ޖަހައިގެން މޮޅު ވެވެނީ، އެންމެ ގޯލެއް ޖަހައިގެން އެ އޮވެވުނީ ހަމަހަމަ ކުރާ ހިސާބުގައި ހާއްސަ ކޮށް އިންގްލެންޑްގައި އެއް ލަނޑުގެ ތަފާތެއް އެވެއްޖެނަމަ ހަމަހަމަ ކުރާނެ،" ހިތްހަމަ ނުޖެހުމާއެކު ކޮންޓޭ ބުންޏެވެ. "އަހރެން މިވާހަކަ ތަކުރާުކޮށް ވަރަށް ގިނަ ފަހަރު ދައްކައިފިން މިވާހަކަ މިވަރަށް ދައްކާ އަހަރެން ފޫހިވެއްޖެ."

ޗެމްޕިއަންސް ލީގް ޖާގައެއް ޗެލްސީއާ ހޯދައި ނުދެވިއްޖެނަމަ، ކޮންޓޭގެ މަގާމާ މެދު ސުވާލު އުފެދޭނެ އެވެ. މިޑިއާގައި އެނބުރޭ ވާހަކަތައް ބުނާ ގޮތުން ޗެލްސީގައި ކޮންޓޭގެ ކުރިމަގާމެދު ޔަގީން ކަމެއް ނެތެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި، އަހަރެން އުންމީދު ކުރަނީ އަހަރެމެންގެ ކުޅުންތެރިން ގެއަށްގޮސް އެކަމާ މާޔޫސް ވާނެ ކަމަށް، ސަބަބަކީ މިގޮތަށް ކުޅޭނަމަ އެކަމާ ވިސްނަން މަޖުބޫދު،" ކޮންޓޭ ބުންޏެވެ. "އަހަރެމެން ޖެހޭނެ ރަނގަޅު މެންޓަލިޓީއެއް ގެންގުޅެން، އެހެންނޫނީ ނުވާނެ، އަހަރެމެން ނަތީޖާ ބަލައިގަނެ އަހަރެމެން ނަސީބު ދެރައީ ބުނާނަމަ ކުރިމަގަށް އެއްވެސް ޕޮސެޓިވް ކަމެއް ބިނަ ނުކުރެވޭނެ."

މެޗުގައި ޗެލްސީ އަށް ލީޑް ނަގައިދިނީ ސޭޒާ އަޒްޕިލިކްއޭޓާ އެވެ. މެޗުގެ 38 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހި ނަމަވެސް، ދެ ވަނަ ހާފުގައި ވެސްޓްހަމްގެ ހާވިއާ ހެނާންޑޭޒް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮސްޕާ އާއި ޗެލްސީއާ ދެމެދު 10 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެެ.