ކުޅިވަރު

އޭއެފްސީގެ ތާވަލާމެދު ބެންގަލޫރު ކޯޗުގެ ފާޑުކިޔުން

އޭއެއެފްސީ ކަޕު ތާވަލު ކޮށްފައި އޮތްގޮތުން އޭނާގެ ޓީމަށް އުނދަގޫވާ ކަމަށް ބުނެ ނިއުރޭޑިއަންޓާ ދެކޮޅަށް މިއަދު ނިކުންނަ އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗް އަލްބަޓް ރޮކާ ކަންބޯޑުވުން ފާޅު ކޮށްފި އެވެ.

އޭނާ ބުނީ، އޭއެފްސީން އޭއެފްސީ މުބާރާތުގެ ކަލަންޑަރު އެކުލަވާލަން ޖެހެނީ ހުރިހާ ޓީމަކަށް ފައިދާ ވާ ގޮތަށް ކަމަށެވެ. އޭނާ ކަންބޮޑުވުން ފާޅު ކުރި ސަބަބަކީ މިއަދު ނިއު އާ ދެކޮޅަށް ކުލެފައި، އަންނަ ހުކުރު ދުވަހު އިންޑިއާގެ ސްޕަ ކަޕުގެ ކްއާޓާ ފައިނަލު މެޗާ ހަމަޔަށް އޭނާގެ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު ކުޑަވުމުންނެވެ.

"އަހަރެން ނުދެކެން މިކަލަހަ މުބާރާތެއް ފަށައިފިއްޔާ ނިމެން ނޫޅޭ ކަހަލަ، މިކަން އޮންނަންވާނީ މިހެނެއްް ނޫން، ކޮންމެ ފަހަރަކު މެދުކަނޑާލަން ޖެހޭނަމަ އެއީ ލަދުވެތިވާން ޖެހޭ ކަމެއް، ކަލަންޑަރު އެކުލަވާލާއިރި ވަރަށް މުހިންމު ކަމެއް އެއީ ހުރިހާ ޓީމުތަކަށް ފައިދާވާ ގޮތަށް ބަދަލު ގެނައުން،" އޭއެފްސީން އެ ޓީމުގެ ދެ މެޗެއް ފަސް ކޮށްދީފައިވާ ބެންގަލޫރުގެ ކޯޗު ބުންޏެވެ.

"ވަރަށް ކުރު މުއްދަތެއްގައި އަހަރެމެން މި ކުޅެނީ ވަރަށް މުހިންމު ދެ މެޗު، އޭގެއިން އެއް މެޗަކީ (މިއަދު) ކުޅޭ މެޗު ވަރަށް އުނދަގޫ މެޗަކަށް ވާނެ، ނަމަވެސް ހުކުރު ދުވަހު އަހަންނަށް އެބައޮތް މިއަށްވުރެ މުހިންމު މެޗެއް ނަކައުޓް މެޗެއް."

އޭނާގެ ސްކޮޑާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހިފައިވާ ކަމަށާއި އޭނާ އަށް ސްކޮޑު އެކުލަވާ ލެވޭނީ ދެ މެޗަށްވެސް ކުޅުންތެރިންނަށް އަސަރު ނުކުރާ ގޮތަށް ކަމަށް ރޮކާ ބުންޏެވެ.