ހަބަރު

އިމާމުންނާއި ހަތީބުން ތާޒާކުރާ 7 ވަނަ ބުރު ފަށައިފި

Apr 10, 2018

އިމާމުންނާއި ހަތީބުން ތާޒާ ކުރުމުގެ ހަތް ވަނަ ބުރު މިއަދު ފަށައިފި އެވެ. މި ބުރަކީ ބ. އަތޮޅުގެ އިމާމުންނާއި ހަތީބުންނަށް އަމާޒު ކޮށްގެން އެ އަތޮޅުގަ އެވެ.

ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސިޓީ ސަރަޙައްދުގެ އިމާމުންނަށާއި ހަތީބުންނަށާއި އަތޮޅުތަކުގެ އިމާމުންނާއި ހަތީބުންނަށް އަމާޒުކޮށް މިފަދަ ހަ ބައްދަލުވުމެއް ބާއްވާފަ އެވެ.

އޭދަފުށީގައި ފެށި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައި ވަނީ ބ އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރެވެ. މި ފަހަރުގެ އަތޮޅުގެ އެކި ރަށްރަށުން 32 ފަރާތަކުން ވަނީ ބައިވެރިވި އެވެ.