ވިޔަފާރި

ޓީޓީއެމް ފެއާއަށް 157 ރިސޯޓު، 200 އެޖެންޓުން!

Apr 14, 2018

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް 2018) ގައި މިހާތަނަށް 157 ރިސޯޓާއި ހޮޓާ އަދި 200 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނެފި އެވެ. މި އަހަރު ޓީޓީއެމް ފެއާ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގޭގައި އަންނަ މަހުގެ 1-3 ގެ ނިޔަލަށެވެ. މި އަހަރުގެ ފެއާގެ މައި ސްޕޮންސަރަކީ އެމްޓީސީސީ އެވެ.

ޓީޓީއެމްގެ ތެރޭގައި މި އަހަރު ވެސް އިތުރު ބައިތަކެއް ހިމަނާފައިވެ އެވެ. މިދިޔަ އަހަރު ވެސް އޮތް "ޓީޓީއެމް ހޮޓެލިއާ ސަމިޓް" އާއި އަލަށް "މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯ" އަދި "ޓޫރިޒަމް ކެރިއަ ފެއާ" އެއް އޮންނާނެ އެވެ.

ހޮޓެލިއާ ސަމިޓު ސަމިޓު ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ބައްދަލުކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މި ސަމިޓުގައި ހަތަރު ޕެނަސް ޑިސްކަޝަންއެއް ކުރިއަށްދާއިރު، 150 ޓޫރިޒަމް ވެރިން ބައިވެރިވާނެ އެވެ. މި އަހަރު މުޅިން އަލަށް އިތުރުކޮށްފައިވާ "ސަޕްލަޔާ އެކްސްޕޯ" ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ތިނެއް މެއިގައި ދަރުބާރުގޭގައި ބާއްވާ ކެރިއަ ފެއާ ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގައި ދިނުމަށެވެ.ޓީޓީއެމް ފެއާގައި ހިމެނޭ އެންމެ ކުލަގަދަ ބައި ކަމަށްވާ "ޓީޓީއެމް ގާލާ ނައިޓް" އަދާރަން ސެލެޓް ހުދުރަންފުށީގަ އެވެ. މި ހަރަކާތް އޮންނާނީ މެއި ދެވަނަ ދުވަހުގެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އާމްދަނީ 2020 ވަނަ އަހަރު އަންނަންވާއިރަށް 3.5 ބިލިއަން ޑޮލަރަށް އިތުރުކޮށް ޓޫރިސްޓުންގެ އަދަދު ދެ މިލިއަންއަށް އަރުވަން ބާއްވާ މި ފެއާގައި ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވެ އެވެ.