ވިޔަފާރި

ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑަށް ރާއްޖޭގެ 13 ނަމެއް

Apr 13, 2018

ސްޕާ އިންޑަސްޓްރީއަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑު" އަށް ރާއްޖޭގެ 13 ރިސޯޓެއް ނޮމިނޭޓް ވެއްޖެ އެވެ.

އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގަލްގޯމް ރިސޯޓުގައި އޮންނަ މި ކުލަގަދަ ހަފުލާއަށް ތައްޔާރުވާއިރު، ނޮމިނޭޓްވި ފަރާތްތަކަށް ވޯޓު ދިނުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ.

ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑަށް ނޮމިނޭޓްވެފައިވާ ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި އަޔާޑާ މޯލްޑިވްސްގެ ސްޕާ އާއި މީގެތެރޭގައި ކާމްގެ ސެލޯން އެޓް ހިމެނެ އެވެ. މީގެ އިތުރުން މަނަފަރު ރިސޯޓުގެ ސްޕާ އާއި ކިހާ މޯލްޑިވްސްގެ ސްޕާ ހިމެނެ އެވެ. އަދި އަމިއްލަ ފުއްޓާއި ލަކްސް، ސެންޓާރާ އާއި ވެލާ ޕްރައިވެޓް އައިލެންޑް، ސަން އެކުވާ ވިލުރީފް، ޖުމެއިރާ، ސަން ސިޔާމް ކޮއްދިއްޕަރު ފަދަ ރިސޯޓުތަކުގެ ސްޕާ ހިމެނެ އެވެ.

ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑަކީ ސްޕާ އިންޑްސްޓްރީގެ އެންމެން އެއް ފުރާޅެއްގެ ދަށަށް އަންނަ އިވެންޓެކެވެ.

މި އެވޯޑު މިދިޔަ އަހަރުވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ވަނީ ލިބިފަ އެވެ.