ހޮލީވުޑް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި"ރޭމްޕޭޖް"އަށް ބޮޑު އާމްދަނީއެއް

އަލަށް ސިނަމާތަކުގައި ދައްކަން ފެށި ފިލްމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި މިހާރު އެންމެ ވިޔަފާރީ ރަނގަޅު ފިލްމަކީ "ރޭމްޕޭޖް" އެވެ. އެމެރިކާގެ ބޮކްސް އޮފީހުގައިވެސް މި ފިލްމުގެ ވިޔަފާރީ ރަނގަޅެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މި ފިލްމަށް މިހާރު ވަނީ 114.1 މިލިއަން ޑޮލަރު ލިބިފަ އެވެ. ހަމައެކަނި އެމެރިކާގައި ދައްކައިގެން 34.5 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިހާރު މި ފިލްމަށް ޖުމްލަ 148.6 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ވާނާ ބްރޯސް އަދި ނިއު ލައިން އިން ގެނެސްދޭ މި ފިލްމު ތައްޔާރުކުރީ 120 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ރޭމްޕޭޖްއަށް އެންމެ ބޮޑު އޯޕެނިންގެއް ލިބުނީ ޗައިނާ އިންނެވެ. ޗައިނާގައި 21،500 ސްކްރީނުގައި ދައްކައިގެން މިހާތަނަށް 55 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އިނގެރޭސިވިލާތާއި ކޮރެއާ އިން މި ފިލްމަށް 5.7 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މެލޭޝިއާ، އިންޑޮނޭޝިއާ އަދި ރަޝީއާގައިވެސް މި ފިލްމު އަންނަ ބޮޑު ކަމިޔާބީއެއް ހޯދަމުންނެވެ.

ފްރާންސް އާއި ޖަޕާން އަދި ޖާމާނީގައިވެސް މި ފިލްމު ދެއްކުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"ރޭމްޕޭޖް"ގެ ޓްރެއިލާ.

ޑްވޭން ޖޯންސަން ލީޑުން ފެނިގެންދާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ބްރެޑް ޕީޓަން އެވެ. މި ފިލްމަކީ 1986 ވަނަ އަހަރު ނިކުތް ވީޑިއޯ ގޭމެއް ސީރީޒެއްގެ އެޑަޕްޓޭޝަނެކެވެ.

ސައިންސް ފިކްޝަން މޮންސްޓާ މި ފިލްމުގައި ޑްވޭންގެ އިތުރުން މުހިންމު ކާސްޓުންގެ ތެރޭގައި ހިމެނެނީ ނައޯމީ ހެރިސް، ބްރީނީ ހިލް، ޖޭކް ލޭސީ، ޖޯ މެންގެނެލޯ އަދި ޖެފެރީ ޑީން މޯގަން ހިމެނެ އެވެ.