ވިޔަފާރި

ޖޯލި މޯލްޑިވްސް ރިސޯޓް މި އަހަރު ފަހުކޮޅު ހުޅުވަނީ

Apr 17, 2018
1

"ޖޯލި މޯލްޑިވްސް" މި އަހަރުގެ ފަހު ކޮޅު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން ރ. އަތޮޅު މުރަވަންދޫގައި ތަރައްގީކޮށްފައިވާ ރިސޯޓް މި އަހަރުގެ ފަހު ކުއާޓާރގައި ހުޅުވަން ވަނީ ނިންމާފަ އެވެ.

ޖޯލި މޯލްޑިވްސްގައި އެންމެ މަތީ ފެންވަރުގެ 73 ލަގްޒަރީ ވިލާ ހުންނާނެ އެވެ. މީގެތެރޭގައި ބީޗުގައި ހުންނަ ވިލާތަކާއި ވޯޓާ ވިލާތައް ވެސް ހިމެނެ އެވެ.

މި އަހަރު ހުޅުވާ އާ ރިސޯޓުތަކުގެ ތެރޭގައި ށ. ގާކޮށިބީގައި ތަރައްގީ ކޮށްފައިވާ "ސިއްރު ފެންފުށި" ރިސޯޓަކީ މަތީ ފަންތީގެ ރިސޯޓެކެވެ. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އަގު ބޮޑު މި ރިސޯޓު 120 ލަގްޒަރީ ވިލާގެ ތަރައްގީ ކޮށްފައިވާއިރު މި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ އެޕްރީލް މަހު އެވެ. އަދި "ލަކްސް" އިން ކ. އޮޅުވެލީގައި ތަރައްގީ ކުރާ ރިސޯޓުގައި 67 ޕެންޓް ހައުސް ހުރެ އެވެ. އަދި ރޫފްޓޮޕް ބާ އާއި ސުވިމިން ޕޫލް އަދި މިނޫން ވެސް ގިނަ ހިދުމަތް ހިމެނޭ މި ރިސޯޓް ވެގެންދާނީ ހިތް ގައިމު ރިސޯޓެކެވެ. އަދި ދ. އަތޮޅުގައި އިޓަލީގެ މަޝްހޫރު ޓޫރިޒަމް މަރުކާ "ބަގްލިއޯނީ ހޮޓެލްސް" ގެ ފުރަތަމަ ރިސޯޓް ވެސް މި އަހަރު ހުޅުވާނެ އެވެ. މީގެ އިތުރުން ވެސް ގިނަ ރިސޯޓުތަކެއް ހުޅުވާނެ އެވެ.

ސަރުކާރުން ވަނީ މުޅިން އަލަށް 50 ރިސޯޓެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ. މި އަހަރު އެނދުގެ އަދަދު 50،000 އަށްވުރެ އިތުރުވެގެންދާނެ އެވެ.