ހަބަރު

"ލިޓަސް ހެލްތް ޗެކް" ކެމްޕެއިން ފަށައިފި

ސައިކަލު ގެންގުޅޭ ފަރާތްތަކަށް ހާއްސަކޮށް ލިޓަސްއިން ހެލްތް ޗެކް ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ލިޓަސް ހެލްތް ޗެކްގެ ނަމުގައި ކެމްޕެއިން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ސައިކަލް ގެންގުޅޭ ހުރިހާ ފަރާތްތަކަށް އެފަރާތްތަކުގެ ސައިކަލްގެ "ސިއްހަތު" ބަލާލުމަށް ކުރިއަށް ގެންދާ މި ކެމްޕެއިން އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ލިޓަސް އިން ބުންޏެވެ.

ލިޓަސް އިން ބުނީ، ސައިކަލް ޗެކް ކޮށްލެވޭނީ ހަދީބީމަގުގައި ހުންނަ ލިޓަސް ސާވިސް ސެންޓަރަށް ދިއުމުން ކަމަށެވެ. އެގޮތުން އެތަނަށް ދިއުމުން ސައިކަލްގެ ބޭސިކް ކޮންޑިޝަން ޗެކް ކޮށްދޭނެ ކަމަށާއި އެކަން ކޮށްދޭނީ މުޅިން ހިލޭ ކަމަށްވެސް ލިޓަސްއިން ބުންޏެވެ.

ޗެކަޕް ލިސްޓް:

* ސައިކަލް ލައިޓް * ބަރުގޮނު * ޓަޔަރު
* ސައިކަލް ލޯގަނޑު * ރިއާ ސަސްޕެންޝަންސް * ކޫލެންޓް ލެވެލް
* ފުލުއިޑް ލީކްސް * ކުރިމަތި އަދި ރިއާ ބްރޭކްސް * ހެޑް ޝޮކް ބިއަރިން
* ޗެއިން ސޮކެޓްސް * ވީލް ބެއަރިންގްސް.

ލިޓަސް އިން ބުނީ، މިއީ ސައިކަލް ދެކެ ލޯބިވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށާއި ލިޓަސްގެ ސާވިސް ސެންޓަރަށް އައިސް ހިލޭ ސައިކަލް އަވަހަށް ޗެކް ކޮށްލުމަށެވެ.

މިއި ލިޓަސް އިން މި ކެމްޕެއިން ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ. ލިޓަސް އިން ބުނީ، އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ ކެންޕެއިން އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީވެ މިއަހަރުވެސް މި ކެމްޕެއިން ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.