ވިޔަފާރި

ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ގެ ކޮންޑްރެޑް ރިސޯޓުގައި ހަދަނީ

Apr 17, 2018
1
  • ކޮޓަރިތައް ހުންނަނީ 16 ފޫޓު އަޑީގައި
  • 15 މިލިއަން ޑޮލަރު އިންވެސްޓްމަންޓެއް
  • ދުނިޔޭގެ ފުރަތަމަ މިގޮތަށް ހަދާ ކޮޓަރިތައް

ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ގެ ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރަނގަލި ރިސޯޓުގައި މި އަހަރު ހުޅުވަން ތައްޔާރު ވެއްޖެ އެވެ،

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން 15 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުކް ރަނގަލި ރިސޯޓުގެ ފަޅު ތެރޭގައި ތަރައްގީ ކުރަމުން ގެންދާ މި ގޭގައި ހަދާ ގޭގައި ނުވަ މީހުންގެ ޖާގަ އޮންނާނެ އެވެ. "މުރަކަ" އިގެ ނަމުން ނަން ދީފައިވާ މިތަން ވެގެންދާނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރަށް ޝައުގުވެރި ކުރުވާ އަދި ޓޫރިސްޓުން ހައިރާން ކުރުވާނެ ތަނަކަށް އެ ރިސޯޓާ ހަވާލާދީ ބުނެފައިވެ އެވެ.

ކޮންރެޑު ރިސޯޓުން ބުނެފައިވާ ގޮތުގައި މިތަން ފަރުމާކޮށްފައިވާނީ ކަނޑުގެ ރީތިކަމާއި ހިތްގައިމުކަން ފެންނާނެ ގޮތަކަށެވެ. ދެ ބުރިއަށް ވާ ގޮތަށް ހަދާފައިވާ މި ގޭގެ މޫދު އަޑީގެ ބައިގެ ފުންމިނުގައި 16.4 ފޫޓު ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް "އިތާ" ގެ ނަމުގައި މީގެ 20 އަހަރު ކުރިން ހުޅުވި ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ ޗަމްޕާ ކުންފުނިން ހިންގާ ކުންފުންޏެކެވެ.