ވާހަކަ

ބުނެދޭށޭރުހެމޭ

(17 އޭޕްރީލް 2018 އާ ގުޅޭ) -- އޭނާގެ ނަޒަރު އެކޮޓަރީގައި ނިމްރާ ހުރި ދިމާއަށް ހުއްޓިފައި ހުރިއިރު ނިމްރާއާއި އޭނާއާ ދެމެދު ހިނގައިދިޔަ ކަންތައްތައް ރިކޯޑު ކުރެވިފައިވާ ވީޑިއޯއެއް ފަދައިން މަންޒަރުތައް ސިފަވަމުންދިޔައެވެ. ލުއި ހިނިތުންވުމަކާއެކު ނިތްކުރިއާއި އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަރްސަލް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

"ސޯ... އޭނާތަ ރާދުގެ އެއްޗެހި ދޮވެ އިސްތިރިކުރަނީ" ކާން އިނދެ މާ ނޫން ގޮތަކަށް އަރްސަލް އަހާލިއެވެ.

"އާން! އެއީ... ނިމްރާ ބުނީ އޭނާ އަރްސަލްގެ އެއްޗެހި ދޮވެ އިސްތިރިކޮށް ހަދާއިރު އަހަރެންގެ ހެދުންތައް ވެސް ދޭށޭ. އޭނާއަށް ބުރައެއްނުވާނެއޭ... ނިމްރާ ކިޔާވަރުން އެއްބަސްވީ. ޝީޒް އަ ފާސްޓް ލާނާ. އޭނާގެ މަސައްކަތް ގޯހެއްނޫނެއްނު. ތައްޔާރުކުރާ އެއްޗެހީގެ ރަހަ ވެސް މީރު" ރާދިން ބުނެލިއެވެ.

"ރާދު އޭނާއާ ވަރަށް ވާހަކަދައްކަން ދޯ... އޭނާ ބުނިތަ ކީއްވެގެންކަން ގެ ބޭންކަށް ނެގީ. އޭނާގެ ލައިފާ ބެހޭ އެއްވެސް ވާހަކައެއް ކިޔައިދިންތަ؟" ނިމްރާގެ ދިރިއުޅުމާ ބެހޭ ގޮތުން އެނގެން މި ނޫނީ އަރްސަލް ބޭނުމެއްނުވެއެވެ.

"ލުކް ހޫ އިޒް ގެޓިން ކިއުރިއަސް... ޔޫ ނޯ ވަޓް... ކިއުރިއޮސިޓީ ކިލްޑް ދި ކެޓް" ރާދިން ހިނިއައިސްފައި އަރްސަލްއަށް ބަލަން އިނދެ ބުނެލިއެވެ. އަރްސަލް ފެށީ ހޭށެވެ.

"މޫޑު ރަނގަޅުވެއްޖެހެން ހާދަ ހީވޭ... ކިހިނެއްވީ؟ މިއަދު ދުވަން ދާކަށް ވެސް ނުނިކުންނަމެއްނު" ރާދިން ފަރުވާތެރިކަމާއެކު އަރްސަލްއަށް ބަލަން އިނެވެ. އެ މޫނުގައިވި ލުއި ހިނިތުންވުން ރާދިންއަށް ވެސް ފާހަގަވިއެވެ.

"އަހަރެން ކުރި ސުވާލުތަކަށް ޖަވާބު ނުދޭންވެގެން އެއްޗެކޭ ކިޔަނީތަ؟ އޭނާއާ ބެހޭ އެއްވެސް ވާހަކައެއް ރާދު އަހަންނަށް ކިޔައިދޭން ބޭނުންނުވަނީތަ؟" އަރްސަލް ބޭނުންވާ ގޮތަށް ވާހަކައިގެ މިސްރާބު ބަދަލުކޮއްލިއެވެ.

"އައި ރިއަލީ ޑޯންޓް ނޯ މަޗް... އޭނާގެ ފެމެލީއާ ބެހޭގޮތުން ކުޑަކޮށް ކިޔައިދިން. ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެކަން. މަންމަ އޭނާ ދޫކޮށްލާފައި ދިޔަކަމަށްވަނީ... ޝީ ޑޯންޓް ރެމެމްބަރ ހާ... އޭނާ ބޮޑުވީ ކާފައާއި މާމަގެ ގާތުގައި ހުރެ. ކާފަ ވެސް ދުނިޔެއަކުނެތް. ދެން މާމަ މަރުވިއިރު އަހަރެމެން ވެސް އެ ދުވަހު ތިބީމެންނު އެތަނުގައި. އެއީ އެނގޭ ވަރަކީ. ދެން އަދި ކުރީން ދުވަހު ކީފާ ރަންދޯދީގޭގެ ޕްރޮޖެކްޓުގެ ވާހަކަ ދައްކަނިކޮށް އެކަން އެނގިގެން އެހި. އަހަރެން ބުނިން އެކަމުގެ ތަފްސީލު ދެވޭނީ އަރްސަލްއަށޭ. އެ ގެ ގަތީ އަރްސަލްއޭ. އޭނާ އެހިތަ؟ ނާހާ ދޯ... އަރްސަލް ގާތުގައި ނާހަންވެގެން ކަންނޭނގެ އަހަރެން ގާތުގައި އެބުނީ... އެހެންނު ވާނީ އަރްސަލް ހުންނަނީ މީހަކަށް އެއްޗެއް އެހޭވަރުގެ ހާލަތެއްގައެއްނޫން ވިއްޔާ... ދެން ބުނެބަލަ... ކޮންކަމަކާތަ އެހާ ރުޅިއެއް އައިސްގެން އުޅުނީ" ރާދިން ބުނެލިއެވެ.

"އެދެން ކަމެއްނޫން... މިހާރު މި ހުރީ ރުޅި އައިސްފައެއް ނޫނެއްނު" އަރްސަލް ބުންޏެވެ.

އަރްސަލް ކައިގެން މޭޒު ދޮށުން ދުރަށް ދިޔައިރު އާދައިގެ މަތިން ރާދިން ތަށިތައް ނެގިއެވެ. އެކަންކޮށް ނިންމާލާފައި އައިސް އަރްސަލްއާއެކު ސޯފާގައި ޓީވީ ބަލަން ދެ މީހުން ތިއްބެވެ. ރާދިން އޭނާގެ ކޮޓަރިއަށް ދިޔައީ އެގާރަ ޖަހަން އުޅެނިކޮށެވެ. އަރްސަލް ސޯފާގެ ދިގަށް އޮށޯވެލުމާއެކު އަތުކުރީ ގަޑިއަށް ބަލާލިއެވެ. ނިމްރާ ނުނިކުންނާތީ އެކަމާ އޭނާ ވިސްނާލީއެވެ.

"ސްކާލެޓް!..." އަރްސަލްގެ ހިތް ގޮވާލިއެވެ.

"ވިލް ޔޫ ޓެލް މީ ސްކާލެޓް؟ އަހަންނާ ދިމާވުމުގެ ކުރީން ތި ލައިފްގައި ހިނގި ހުރިހާ ކަމެއް އަހަންނަށް ކިޔައިދީ ފާނަންތަ؟ ހަޤީޤަތުގައި ވެސް އަހަރެންދެކެ ފޫހިވޭތަ؟ ރުޅި އާދޭތަ؟... އަހަރެން ވެސް ބޭނުންވީ އެގޮތް. އެކަމަކު... ނައު... ނައު އައި އޭމް ނޮޓް ޝުއާ. ކީއްވެތަ ލައިފް އެހާ ކޮމްޕްލިކޭޓެޑްއީ؟ އައި އޭމް ސްޓިލް އެންގްރީ... ލޫންގެ ހަނދާންތައް އަހަންނަށް އަދިވެސް އުނދަގޫކުރޭ. ލޫންގެ މަރުވެފައި އޮތް މަސްގަނޑު އަހަރެންގެ ލޯ ކުރިމަތީގައިވާ ފަދަ. އަހަރެންގެ ހިތަށް ތަދުވޭ... ވަރަށް ބޮޑަށް ތަދުވޭ. އައި ޑޯންޓް ނޯ ވަޓް ޓު ޑޫ ވިތް ދިސް ޕެއިން. އަހަރެން އެކަނިނޫންކަން ސަފާ ކުރަނީ ސްކާލެޓް ބުނީ ކީއްވެ؟ ކޮންކަމަކާ ސްކާލެޓް ސަފާކުރަނީ؟ ކޮންކަމާ ރިގްރެޓްވަނީ؟ ހިނގައިދިޔަ އެކްސިޑެންޓާމެދުތަ" މަޑުން ދޫކޮށްލެވުނު ނޭވާއާއެކު އަރްސަލް ނިތްކުރީގައި އަތްތިލަ ހިންގާލިއެވެ. އަދި ނިތްކުރީގައި އަތް ބާއްވާލަމުން ދެ ލޯ މަރާލިއެވެ. އެހެންއޮއްވާ މީހެއްގެ ހިލަމެއްވީހެން ހީވުމުން ކުޑަކޮށް ލޯ ހުޅުވާލިއެވެ. ސިޓިންރޫމަށް އައި ނިމްރާ ހުއްޓުން އަރާފައި އިރުކޮޅަކު ހުރިތަން ފެނުނެވެ. އަރްސަލް އޮތީ ނިދާފައިކަމަށް ހެދިގެންނެވެ. އެކަން ޔަގީންކޮށްލާ ފަދަ ގޮތަކަށް އިރުކޮޅަކު ނިމްރާ ބަލަން ހުރެފައި ބަދިގެއަށް ވަނެވެ. އޭނާގެ ހަރަކާތްތަކަށް ސިއްރުން ބަލަން އަރްސަލް އޮތްކަމެއް ނުދެނަހުއްޓެވެ.

"ޑެވިލް!... ސްލްފިޝް އެރޮގެންޓް ބްރޫޓް... ޕާވާޓިޑް އޯލްޑް ޕިގް... ހީވަނީ މީނާގެ އަމިއްލަ މުދާގަނޑެއްހެން އަހަރެންގެ ހަށިގަނޑަކީ" ކާން އިންއިރު ވެސް ނިމްރާގެ ނަޒަރު ހުރީ ސޯފާގައި އޮތް އަރްސަލްއަށް ހުއްޓިފައެވެ. އަރްސަލް ފެނިފައި ލިބުނު ފޫހިކަމުގައި ނިމްރާއަށް އެއްޗެހި ކިޔުނީ ސިއްރުން ނޫންކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.

ސޯފާގައި އޮތް އަރްސަލްއަށް ނިމްރާ ކިޔާއެއްޗެއް ސާފުވަނީ ކިރިޔާއެވެ. އެހެންނަމަވެސް އޭނާއަށް ނިމްރާގެ އަޑު އިވެއެވެ. ރުޅި އައުމުގެ ބަދަލުގައި މިފަހަރު އޭނާގެ ގާތަށް އައީ ހިންޏެވެ. އެހެންވިއަށް ނުހޭން ތުންފިއްތާލައިގެން އޮތީ އޭނާ ހޭލާކަން އޮތީ ނިމްރާއަށް އެނގުމުން އެ އަންހެންކުއްޖާއަށް ވާނޭގޮތް ހިތަށް އަރާފައެވެ. ކައި ނިންމާފައި ސިންކު ކައިރީ ތަށި ދޮންނަން ހުރިއިރު ވެސް ނިމްރާ ކުދި ކިޔައެވެ. އަރްސަލްދެކެ ބިރުން ވިރިވިރި ހުންނަ އަންހެންކުއްޖާގެ އިތުރު ސިފައެއް ފެންނަމުން ދިޔައިރު އަރްސަލް އޮތީ ގަޔާވެފައެވެ. ނިމްރާ އެނބުރި ކޮޓަރިއަށް ދިއުމުގެ ކުރީން އަރްސަލްއަށް ބަލާލިއެވެ. ދެބުމަ ކައިރިކޮށްލައިގެން ފޫހިކަންމަތީއެވެ. ތުންފަތަށް ވައްތަރުތަކެއް ޖައްސަމުން އަރްސަލްއާ ދިމާއަށް ދޫނެރެލިއެވެ. ޖަހަން އުޅޭ މީހަކުހެން އަތްމަޅާލިއެވެ. ދަތްތައް ޖައްސާ ބާރުކޮއްލައިގެން ހުރެފައި ދެއަތްފޮޅާލަމުން އެނބުރި އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ނިތްކުރިމަތީ އޮތް އަތްހިއްލާލާ މޫނުގައި ދެއަތްތިލަ އަޅާ އަރްސަލް ހޭންފެށިއެވެ.

"ޕިގް!... އޯލްޑް!... ބްރޫޓް... ރިއަލީ ސްކާލެޓް... ޔޫ ރިއަލީ އާ ސަމްތިންގް އެލްސް" ހެމުންހެމުން އަރްސަލް ބުނެލިއެވެ. ސޯފާއިން ތެދުވެ އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލިއެވެ. ހިނިއައިސްފައި ހުރެ ދެފަރާތަށް ބޯހޫރަމުން އަރްސަލް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އެނދުގައި އޮންނަތާ ދެގަޑިއިރަށްވުރެ ގިނައިރު ފާއިތުވެގެން ދިޔައިރު ވެސް ނިމްރާގެ ލޮލަށް ނިންޖެއް ނައެވެ. ނިތްކުރީގައި ދެއަތުން ހިފަހައްޓާލަމުން ފޫހިކަމުގެ އަޑެއް ލައްވާލިއެވެ. އަދި ކައިރީގައި އޮތް ބާލީސް ނަގާ މޫނުގައި އަޅާ ބާރުކޮށްލިއެވެ.

"އަހަރެންގެ ބޮލުން ނުކުމެބަލަ... ކީއްކުރަންތަ ތިވަރަށް ތި އުނދަގޫކުރަނީ. އައި ޑޯންޓް ފީލް އެނީތިންގް... އެނގިއްތަ؟" މޫނުގައި ބާލީސް އަޅައިގެން އޮވެ ނިމްރާ ބުނެލިއެވެ. އިރުކޮޅަކުން މޫނުގައި އޮތް ބާލީސް ބާރުކޮށްލައި ހަޅޭލަވައިގަތެވެ. އަރްސަލް ޚިޔާލުތައް ނިމްރާއަށް އުނދަގޫކުރަނީއެވެ. އަރްސަލްގެ ބީހުންތަކުން ކުރެވުނު އިހުސާސް ހަނދާންނައްތާލަން ނިމްރާއަށް ފަސޭހައެއްނުވިއެވެ. އެ އިހުސާސް ސިކުނޑި އާކޮށްދޭ ކޮންމެ ފަހަރަކު އޭނާގެ ކަނދުރާއާއި ދެއަތުގައި ހުރި ލޯލިތައް ކޮޅަށް ޖެހެއެވެ. އެ ބީހުމަށް އޭނާގެ ހަށިގަނޑު ލެނބޭކަށް ނިމްރާ ނޭދެއެވެ. އެހެންނަމަވެސް އޭނާގެ ބާރު ނުފޯރާ އެއްޗަކަށް އަމިއްލަ ހަށިގަނޑު ވެއްޖެ ކަހަލައެވެ.

"ހައު ޑެއާ... އޭނާ ހިތަށް އަރާ ކޮންމެ ފަހަރަކު އެގޮތަށް އަހަރެންގެ ބޭނުމެއްނުހިފޭނެ" ފުންމައިގެން ތެދުވެ އެނދުގެ އަރިމަތީ އިށީންނަމުން ނިމްރާ ބުނެލިއެވެ. އެނދުގައި ފުރޮޅިފުރޮޅި އޭނާގެ އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ނިދަން ބޭނުންވިޔަސް ނިދޭގޮތެއް އޭނާއަށް ނުވިއެވެ. ސިކުނޑީގައިވާ ޚިޔާލުތަކާ ދުރުވެލަން ބޭނުންވެ ކޮޓަރިން ނިމްރާ ނުކުތެވެ. އެނދުމަތީ އޮތް ފޯނު ހިފައިގެންނެވެ. ސިޓިންރޫމުގައި ހުރި ބޮކި ނިވާލާފައި ހުރުމުން އެތަނުގައި އެކަކު ވެސް ނެތީކަން ނިމްރާއަށް ޔަގީންވިއެވެ. ބެލްކަނީގައި ހުރި ބޮކީގެ ހުދު އަލި ގޭތެރެއަށް ކޮންމެވެސް ވަރަކަށް އެޅިފައި އޮތުމުން މުޅިތަން އެއްކޮށް އަނދިރިއެއްނޫނެވެ.

ނުނިދިފައި އޮތް އަރްސަލްއަށް ޓީވީގެ އަޑު އިވެންފެށިއެވެ. ރާދިން ބޭރަށް ނުކުތީކަމުގައި ހީކުރެވުނެވެ. އިރުކޮޅަކު އެހެންއޮއްވާ ވާރޭ ވެހެންފެށި އަޑު އިވުނެވެ. ނިދޭތޯ އަނެއްކާ ވެސް ލޯ މަރާލާ ބާލީހުގައި ބައްދާލިއެވެ. ވެހެމުންދިޔަ ވާރޭގެ އަޑަށް ސަމާލުވެލައިގެން އޮވެއެވެ. އެގޮތަށް އޭނާއަށް އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ކުޑަކޮށް ނިދިފައި ހޭލެވުނީ ސިއްސައިގެން ގޮސްގެނެވެ. ވީގޮތެއް އޭނާއަކަށް ވެސް ނޭނގުނެވެ. މީހާ ހަމަޖެހިލެވުމާއެކު ވެހެމުންދިޔަ ވާރޭގެ އަޑު އިވުނެވެ. އަދިވެސް ވާރޭ ހުއްޓާނުލަނީކަން އެނގި ފޯނު އޮތް ހިސާބެއް ހޯދާލިއެވެ. ފޯނުގެ އިސްކުރީނު ދިއްލުމާއެކު ފަތިހު ހަތަރެއް ޖަހައިފިކަން އެނގުނެވެ. އެނދުން ތެދުވެގެން ފާޚާނާއަށް ވަދެފައި އަރްސަލް ނުކުތުމުން ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީގެ އަޑު އިވޭހެން ހީވިއެވެ. މޫނުގައި އަތް ހިންގާލާފައި އެނދުކައިރީ ހުރި ދިގު ގޮނޑިމަތިން މުށިކުލައިގެ ކޮނޑުކެނޑި ނަގައި ގަޔަށް މަހާލިއެވެ. ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމު ފެންނަ ހިސާބުގައި އަރްސަލް މަޑުކޮށްލިއެވެ. ޓީވީގެ އަލި ސިޓިންރޫމަށް ފެތުރިފައި އޮތްއިރު ބަންޑުން ކަހަލަ ގޮތަކަށް ސޯފާގައި އޮތް ނިމްރާ ފެނުނެވެ. ސޯފާއިން ބޭރަށް އޭނާގެ ކަނާއަތް އެލިފައި އޮތްއިރު ކާޕެޓުމަތީ ރިމޯޓު އޮތެވެ. އަރްސަލް އައިސް ސޯފާ ކައިރީ ހުއްޓި ނިމްރާއަށް ބަލާލާފައި ޓީވީއަށް ބަލާލިއެވެ. ރިމޯޓު ނަގާ ކޮފީ މޭޒު މަތީ ބާއްވާފައި އަރްސަލް އައިސް ވަކިން ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ނަޒަރު ނިމްރާއަށް ހުއްޓާލައިގެން އިނެވެ. އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު ތެދުވިއެވެ. ނިމްރާގެ ގާތަށް އައީ ދެ ޚިޔާލެއްގައި ހުރެއެވެ. ނިމްރާ އޮތް ގޮތުން އޭނާގެ އަތަށް ތަދުވެދާނޭ އަރްސަލްއަށް ހީވާތީ އޭނާ ބޭނުންވީ ނިމްރާ ކޮޓަރިއަށް ފޮނުވާލާށެވެ. ކުޝަން މަތީ ބޯއަޅާލައިގެން އޮތްއިރު ނިމްރާގެ އަނގަ ހުޅުވިފައި އޮތްތަން އަރްސަލްއަށް ފެނި ދަތްދޮޅީގައި ހިފާ ކައިރިކޮށްލިއެވެ. އެހެންނަމަވެސް މަޑުމަޑުން އަނެއްކާ ވެސް ނިމްރާގެ އަނގަ ހުޅުވިއްޖެއެވެ. އެ ހަރަކާތުން އަރްސަލްއަށް ހިނިތުންވެވުނެވެ. މަޑުމަޑުން ނިމްރާގެ ތުންފަތުގައި އަރްސަލް ފިރުމާލިއެވެ.

"ސްކާލެޓް" ސިއްރުން އަރްސަލް ގޮވާލިއެވެ. އަދި ނިމްރާގެ ކޮނޑުގައި ހިފައި އުއްޑުން ޖަހަން އުޅުނެވެ.

"ކޭކުކަނީއޭ... ދޭބަލަ" ނިދީގައި ނިމްރާ ބުނެލިއެވެ. އަރްސަލްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެއްކަމަކު ނިމްރާ ބުނިއެއްޗެއް އިވިފައި ހީނލެވުނެވެ.

"ސޯ!... ޔޫ އާ އަ ސްލީޕް ޓޯކާ... ސްކާލެޓް! ޑިއާ... ހިނގާ ކޮޓަރިއަށް" ވައި އަޑުން އަރްސަލް ވާހަކަދެއްކިއެވެ. ނިމްރާ ގުޑައި ނުލުމުން މަޑުމަޑުން އަރްސަލްގެ އަތްދަނޑި މައްޗަށް ނިމްރާ އުފުލާލިއެވެ. އަރްސަލްގެ ކަރުދޮށުގައި ނިމްރާގެ ބޯ ޖައްސާލުމާއެކު ކުޑަކުއްޖަކު ފަދައިން އަރްސަލްގެ މޭގެތެރޭ ބޮނޑިވެލިއެވެ. ނިމްރާ ގޮވައިގެން އަރްސަލް ކޮޅަށް ތެދުވެ ހިނގައިގަތްތަނާ ނިމްރާ ކުކުރާލިހެން ހީވެ އަރްސަލް ބަލާލިއެވެ.

"ކޮންތަނެއްމީ؟" އެސްފިޔަ ތަޅުވާލަމުން ނިމްރާ ބުނެލިއެވެ. އެހިނދު އަރްސަލް ކުރިއަށްވުރެ ވެސް ބޮޑަށް ނިމްރާ ގެނެސް ގަޔާލާ ބޮނޑިކޮއްލިއެވެ.

"އަދި ހޭލާކަށްނުވޭ... ސްލީޕް ސްކާލެޓް" ނިމްރާގެ ނިތްކުރީގައި ބޮސްދެމުން މަޑުމަޑުން އަރްސަލް ބުނެލިއެވެ.

ނިމްރާގެ ކޮޓަރިއަށް ވަދެ އެނދުގައި އޭނާ ބޭއްވުމަށްފަހު ރަޖާގަނޑު އަރްސަލް އެޅިއެވެ. ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކޮއްލަ ދެމުން ނިމްރާގެ މޫނަށް ބަލަން އޭނާ ހުއްޓެވެ.

"ގުޑްނައިޓް" ނިމްރާގެ ކޯތާފަތުގައި ފިރުމާލާފައި އަރްސަލް އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އަދި އެނބުރި އައިސް ސޯފާގައި އިށީނެވެ. ނިމްރާ ބޯއަޅައިގެން އޮތް ކުޝަންއަށް ބަލާލަމުން ހިނިތުންވެލިއެވެ. މަޑުމަޑުން ސޯފާގައި އޮށޯވެލާ އެ ކުޝަންގައި ބޯއަޅާލިއެވެ. ނިމްރާގެ ވަސް އެ ކުޝަންގައި ހަރުލާފައި ހުރުމުން އަރްސަލްގެ ނޭފަތް އެ ކުޝަންގައި ޖައްސާލިއެވެ.

* * * *

އޮފީހުގައި އުޅެފައި ދިހަގަޑި ބައިވަނިކޮށް އަރްސަލް އެޕާޓްމެންޓަށް އައިސް ވަނެވެ. ފޯނު ހިފައިގެން ރެސިޕީއެއް ބަލަން އިން ނިމްރާ ސޯފާއިން ތެދުވެ ބަލާލިއެވެ. އަރްސަލް ފެނުމުން އޭނާއަށް ބަދަލުތަކެއް އައިކަން އަރްސަލްއަށް ވެސް ފާހަގަވިއެވެ.

"އެ ގެއަށް ދާން ބޭނުންތަ؟" އަރްސަލް އަހާލިއެވެ.

"ނޫން" ނިމްރާ ނިކަން އަވަހަށް ބުނެލިއެވެ. އަރްސަލްގެ ޝަރުތުތަކަށް އެއްބަސްވާން ނިމްރާ ބޭނުންނުވާތީ ރަންދޯދި ގެއަށް ދިއުން ނިމްރާގެ ޚިޔާލުން ނެރެލީއެވެ.

"އަހަރެން ގެންގޮސްދީފާނަމޭ" އަރްސަލް ބުނެލިއެވެ.

"މި ބުނީނު ބޭނުމެއްނޫނޭ... އަހަރެންގެ ގާތަށް ނާންނާތި" ނިމްރާ ނުރުހުންވެފައި ބުނެލިއެވެ. އަދި ކުރިއަށް އައި އަރްސަލްއާ ދުރަށް ދާން ހިނގައިގަތެވެ.

"ހާދަ ބިރެއް ތި ގަންނަނީ" އަރްސަލް އައިސް ސޯފާގެ ފަހަތުން ހުއްޓިލަމުން ބުނެލިއެވެ.

"ކަލޭ ކަހަލަ މީހަކުދެކެ ކޮންމެ އަންހެންކުއްޖަކު ވެސް ބިރުގަންނާނެ" އަރްސަލްއަށް ބަލަން ހުރެ ނިމްރާ ބުނެލިއެވެ.

"އަހަރެން އަދި މިއައީ އެގެއަށް ގެންގޮސްދޭންވެގެން. އިއްޔައެއްނު ބުނީ އެންމެފަހު ފަހަރަށް އެގެއަށް ވަދެލަން ބޭނުމޭ" އަރްސަލް އާދައިގެ ގޮތަކަށް ބުނެލިއެވެ.

"އޭގެ ބަދަލު ކަލޭ ހިފާނީ ކިހިނެއްކަމެއް ނޭނގެ. އަހަރެން ބޭނުމެއްނޫން ދާކަށް. އިއްޔެއް އެހެން ބުނެވުނީ އޮޅުމަކުން. ދެޓްސް އިޓް... އިތުރަށް އެކަމާ ވާހަކަދައްކާކަށް ވެސް ބޭނުމެއްނޫން" ނިމްރާ ބުނެލިއެވެ.

"ތިހެން އަހަންނާ ވާހަކަދައްކާނޭ ހިތްވަރު ލިބުނީ ކިހިނެއް؟ ނުރުހުނަސް އަހަރެން ބޭނުންވީމަ ކުރާނަން. ގެޓް ވެއްޖެތަ؟ ޑޯންޓް ޓްރައި ޓު ބީ އިނޮސެންޓް... އަހަންނަށް ވެސް ހެޔޮ ނުދިޔަޔަސް" އަރްސަލް އެނބުރިލުމާއެކު އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ.

އަރްސަލް ހަޤީޤަތުގައި ވެސް އައި ނިމްރާ ގޮވައިގެން އޭނާގެ ގެއަށް ދާށެވެ. އެ އިމާރާތް ތަޅާލުމުގެ ކުރީން ނިމްރާ އެދުނު ކަންތައް ފުރިހަމަކޮށްދޭން ބޭނުންވެގެންނެވެ. އެކަމުގައި ޝަރުތުތަކެއްނެތް ނަމަވެސް އަރްސަލްއަށް ނިމްރާ އިތުބާރު ނުކުރާނޭކަން އޭނާއަށް އެނގެއެވެ. ދާން ބޭނުންވިޔަސް ނިމްރާ ނޫނެކޭ ބުނީ އެހެންވެއެވެ. ބަދަލުގައި ކަމެއް ބޭނުންނުވެ އަރްސަލް އެއްވެސް ކަމެއް ކޮށްދީފާނޭ ނިމްރާއަށް ހީނުވަނީއެވެ.

* * * *

ދެ ހަފްތާ ފަހެވެ. ރޭގަނޑު ކެއުމަށް މޭޒުމަތި ތައްޔާރު ކުރަން ނިމްރާ ހުއްޓެވެ. އިމާރާތެއްގެ ކުރެހުންތައް ހުރި ގަނޑުތަކަކާއި ފައިލުތަކެއް ބަލަން ކޮފީ މޭޒު ދޮށުގައި އަރްސަލް އިނެވެ. އެ ދެ މީހުން ސަމާލުކަން އަތުލީ އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އަންހެނެއްގެ ހުނުމުގެ އަޑުންނެވެ. އޭރު ރާދިންއާއި އެ އަންހެންކުއްޖާއާ ދެމީހުން އެތެރެއަށް ވަންނީއެވެ. އަރްސަލް ވެސް ކާޕެޓުމަތީގައި އިނދެފައި ކޮޅަށް ތެދުވިއެވެ.

"އަރްސަލް" ރާދިންއާއެކު ހުރި އަންހެންކުއްޖާގެ ފަރާތުން އުފާވެރި ހަޅޭކެއްގެ އަޑު އިވުނެވެ. އަވަސް އަވަހަށް އައިސް އަރްސަލްގެ ގާތުގައި ހުއްޓި އޭނާގެ ކޮނޑުގައި އެ އަންހެންކުއްޖާ ބޮނޑިއެއް އަޅައިފިއެވެ. އަތުގައި ފިރުމާލަމުން އަރްސަލް ހިނިތުންވެލިއެވެ.

"އާނާ..." ހިނިތުންވެލައިގެން ހުރެ އަރްސަލް ބުނެލިއެވެ.

"ސޯ!... ތީ ދޯ ނިމްއަކީ... ރާދު އިނގޭ ބުނީ... އަހަންނަށް ކިޔަނީ ޝިހާނާ... ޔޫ ކެން ކޯލް މީ އާނާ" އަރްސަލްގެ ގާތުން ދުރަށް ޖެހިލާ ކާމޭޒު ކައިރިއަށް އައިސް ހުއްޓިލަމުން ޝިހާނާ ވާހަކަ ދެއްކީ ހައިރާންވެފައި ހުރި ނިމްރާއާއެވެ. ޝިހާނާ ސަލާމްކޮއްލަން އަތްދިއްކޮށްލުމުން ނިމްރާ ވެސް އެ އަތުގައި ހިފާ ސަލާމްކޮއްލަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
ނިމްރާގެ ނަޒަރު ރާދިންއާއި އަރްސަލްއާއެކު އިން ޝިހާނާއަށް ހުއްޓިފައި ހުއްޓެވެ. ޝިހާނާގެ ރާޅުބާނި އިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް ހަރުކޮށްލެވިފައި ހުރިއިރު ލާފައި ހުރި ހެދުމުން އޭނާ ކޮންމެވެސް ހަފްލާއަކަށް ދާން އުޅޭހެން ހީވެއެވެ. އެގެއަށް ނިމްރާ އައިފަހުން ކީފާގެ އިތުރުން ފެނުނު އަންހެންކުއްޖަކީ ޝިހާނާއެވެ. ފުރަތަމަ ފެނިލުމުން ވެސް ނިމްރާއަށް ކީފާއަށް ވުރެން ޝިހާނާ ކަމުދިޔައެވެ. ޝިހާނާގެ ހިތްހެޔޮ ގޮތެއް ހުރީމައެވެ.

"ރާދު ގާލްފްރެންޑްތަ؟" އިރުކޮޅަކު ބަލަން ހުރެފައި ނިމްރާގެ ހިތަށް އެރިއެވެ. އެއާއެކު އޭނާއަށް އަރްސަލްއާއި ރާދިންގެ ދިރިއުޅުމާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަން ހިތަށް އެރިއެވެ. އަރްސަލްއާއި ރާދިންއަކީ ބޭބެއާއި ކޮއްކޮ ކަމެއް ނޫނީ ދެ ރަޙުމަތްތެރީން ކަމެއް ވެސް ނިމްރާއަށް ޔަގީނެއްނުވެއެވެ. ރާދިންގެ ޢަމަލުތަކާއި އޭނާގެ ވާހަކަތަކުން އަރްސަލްއާ މެދު އޭނާ ވަރަށް ވިސްނާކަން އެނގެއެވެ. ބޭބެއަކު ފަދައިން އަރްސަލްދެކެ ރާދިން ލޯބިވާކަން އެނގެއެވެ.

"އަންނާނަން ޗޭންޖުކޮށްލައިގެން" ރާދިން ސޯފާއިން ތެދުވަމުން ބުނެލިއެވެ.

"ކާން ރެޑީވެފަ ހުރީ" ކޮޓަރިއަށް ވަންނަން އައި ރާދިންގެ ގާތުގައި ނިމްރާ ބުނެލިއެވެ.

"ތެންކިއު ޑާލިންގް... އަހަންނާއި އާނާ މިދަނީ ބޭރަށް. މިރޭ ނުކާނަން... އަރްސަލް ހުންނާނެ" ހިތަށް ހަމަޖެހުން ލިބޭފަދަ ހިނިތުންވުމަކާއެކު ރާދިން ބުނެލިއެވެ. ނިމްރާ ބޯޖަހާލިއެވެ.

"އިޒް ދެޓް ދި ސްޕެޝަލް ގާލް" އަރްސަލް ގާތުގައި ސިއްރުން ޝިހާނާ އަހާލީ ލޮލުން ނިމްރާ ދައްކާލަމުންނެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ދެބުމަ ކައިރިކޮށްލަމުން ހައިރާންކަމުގެ ނަޒަރެއް ޝިހާނާއާ އަރްސަލް ބަދަލުކޮށްލިއެވެ.

"ކަމޯން... ޝީ އިޒް ޔަންގް... ބިއުޓިފުލް... ޔޫ ހޭވް އަ ތިންގް ފޯ ހާ... ނޫންތަ؟ ފިރިހެނުން އެ މީހުންގެ ގޭގައި ރީތި މެއިޑުން ގެންގުޅެނީ ކީއްވެކަން އަހަރެންނަށް ވެސް އެނގެޔޭ" ޝިހާނާ ލާނެތް ގޮތަކަށް ބުނެލިއެވެ.

"އާނާ" އަރްސަލް ހަރުކަށި ގޮތަކަށް ބުނެލިއެވެ. ނަމަވެސް ޝިހާނާ ފެށީ ހޭށެވެ.

"އައި މިސްޑް ޔޫ... ކީއްވެތަ ދުރުގައި ތިއުޅެނީ. ރުޅިގަނޑު ދޫކޮށްލަންވެއްޖެއެއްނު. ބޭބެ އެހާ ބަލިކޮށް އެ އުޅެނީ އަރްސަލްގެ ސަބަބުން. ބޭބެގެ ޓެންޝަންއަކީ ތީ. އެނބުރި އަންނާކަށް އަދިވެސް ނުވޭތަ؟ އުމުރު ދުވަހު އެކަކުދެކެ ވެސް ރުޅި އައިސްފައި ހުންނާކަށް ނުވާނެ. މާފުކުރުމަކީ ވެސް ދިރިއުޅުން ފަސޭހަވެގެންދާ ކަމެއް" ޝިހާނާގެ އަޑު ބަދަލުވިއެވެ.

"ޕްލީޒް އާނާ! ތީ އަހަރެން އަޑުއަހަން ބޭނުންވާ ވާހަކަތަކެއްނޫން" އަރްސަލް ބުނެލިއެވެ.

އަރްސަލް ހިތްހަމަނުޖެހުނުކަން އެނގުމުން ޝިހާނާގެ ވާހަކަ ހުއްޓާލިއެވެ. ދެން އޭނާގެ ނަޒަރު އަމާޒުވީ ބަދިގޭ ކަބަޑުތައް ކައިރީ މަޑުކޮށްލައިގެން ހުރި ނިމްރާއަށެވެ. އަތުން އިޝާރާތްކޮއްލުމާއެކު އެ މީހުންގެ ގާތަށް އައުމަށް ބުންޏެވެ. ސޯފާގައި އިށީންނަން ނިމްރާއަށް ޝިހާނާ ދައުވަތު ދިނެވެ. ނިމްރާގެ ކުރު އިސްތަށިގަނޑާއި އޭނާގެ މޫނާ ވަރަށް ގުޅޭ ވާހަކަ ޝިހާނާ ބުނެލިއެވެ. ހުރިހާ ވާހަކައެއް ދެއްކީ ޝިހާނާއެވެ. ނިމްރާ ހަމައެކަނި ހިނިތުންވެލަނީއެވެ. އެތަނަށް ރާދިން އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެއާއެކު ފިރިހެން ސެންޓުގެ ވަހުން ފަޒާގައި ހުވަނދު ލެވުނު ފަދައެވެ. ކަޅު ފަޓުލޫނާއި އަޅިކުލައިގެ އަތްދިގު ގަމީހުގައި ރާދިން ވަރަށް ސަމާޓެވެ. މައްޗަށް ފުނާ އަޅާ އިސްތަށިގަނޑު ހަރުކޮށްލާފައި ހުރިއިރު އެ ކަޅުކަން ގަދަ އިސްތަށިގަނޑުގައި އޮފުކަމެއް ހުއްޓެވެ. ތުނބުޅިމަތިސް ހުރީ ތުނިކޮށްލާފައެވެ. ހިނިތުންވެލާ ކޮންމެ ފަހަރަކު އެ ރީތި ހުދު ދަތްތައް ފާޅުވެގެންދެއެވެ. ހަމައެއާއެކު އެ ދެ ލޮލުގެ ދިރުން އިތުރުވެއެވެ. އެ ހިނިތުންފެންނަ މީހަކަށް ވެސް އެއްވެސް އިޚުތިޔާރެއްނެތި ހިނިތުންވެލެވޭނޭކަން ގައިމެވެ.

"ރީތިތަ؟" ނިމްރާ ބަލަން ހުރި ގޮތުން ރާދިން އަހާލިއެވެ. އެހިނދު ނިމްރާ އަވަސް އަވަހަށް ލަދުން އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބޯޖަހާލިއެވެ.

"މިރޭ އަހަރެން ވާނެ ލަކީ އަންހެންކުއްޖަކަށް" ހީނގަންނަމުން ޝިހާނާ ބުނެލިއެވެ. އަދި ސޯފާއިން ތެދުވެ އޭނާގެ ހައިލޯކޮށް ހުރި ހެދުމަށް ދަމާލާ ރީތިކޮށްލިއެވެ. ފަރިގޮތަކަށް އައިސް ރާދިންގެ އަތުގައި ހިފާލަމުން ދާންވީ ކަމުގައި ޝިހާނާ ބުނެލީ ތުއި ގޮތަކަށެވެ. ރާދިން ހީނގަތުމާއެކު ހިނގައިގަތެވެ. އެޕާޓްމެންޓުން ނުކުންނަމުން ނިމްރާއާއި އަރްސަލްއަށް އަތްހޫރާލިއެވެ.

"ހޭވް ފަން" އަރްސަލް ބުނެލިއެވެ. (ނުނިމޭ)