ދިވެހި ސިނަމާ

"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާކުރަނީ

މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"، މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.

ޓެކްނޯ މީޑިއާގެ ފަރާތުން ގެނެސްދޭ މި ފިލްމުގެ ފަސް ޝޯއެއްގެ ޓިކެޓް މިހާރު އަންނަނީ އޮލިމްޕަހުން ވިއްކަމުންނެވެ. ލިބޭ ތަރުހީބަށް ބެލުމަށްފަހު އިތުރު ޝޯތައް ދެއްކުމަށްވެސް ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް މި ފިލްމު ހާއްސަ ޝޯތަކެއް ދައްކާނެ އެވެ. އެ ޝޯތަކުގެ ޓިކެޓްވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

މާލޭ އަދި ހުޅުމާލޭގެ އިތުރުން މި ފިލްމު ފުވައްމުލަކު، އައްޑޫ، ލ.ގަން އަދި ކުޅުދުއްފުށީގައިވެސް އަޅުވާނެ އެވެ. ލަންކާގައިވެސް ފިލްމުދެއްކުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޓްރެއިލާ.

ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ ލަވަތަކުގެ ރިންގުޓޯން އައިޑީތައްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މައިޓޯންސް އަދި ރީތި ޓިއުންސް ބޭނުންކުރާ ފަރާތްތަކަށް މިހާރު ފޯނުގެ ކޯލް ރިންގުޓޯންއަށް މި ލަވަތައް ލެވޭނެ އެވެ.

ލޯތްބާއި އައިލީ ކަންކަމާއި އަދި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް، މަލީހާ ވަހީދާ، މަރިޔަމް ޝަހްޒާ، އަހްމަދު އަމަން އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.