އައްޑޫ ސިޓީ ހިތަދޫ ފައްޓަރު ފަރާތަށް މޫދަށް އެރިގެން އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަށް ފަށައިފި އެވެ.
ފުލުހުން ބުނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި އެކަމުގެ ހަބަރު ލިބިފައިވަނީ މިއަދު މެންދުރު 12:00 އެހާއިރު ކަމަށެވެ. އެ ދެކުދިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެެފުން ބުނީ، އައްޑޫ ސިޓީ ކޯއްޓޭ ސަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ތިން ކުދިން ކަމަށާއި އޭގެ ތެރެއިން އެއްކުއްޖަކު މިހާރު ފެނިފައިވާ ކަމަށެވެ. ފެނުނު ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
އެކުދިން ހޯދަމުގެ މަސައްކަތް ކުރަމުންދާއިރު ގެއްލިފައިވަނީ ކިތައް އަހަރުގެ ދެ ކުދީން ކަމެއް ސާފެއް ނުވެ އެވެ.