ވިޔަފާރި

އަލުވިފުށީގައި ހަދާ ރިސޯޓް މި އަހަރު ހުޅުވަނީ

Apr 23, 2018
1

ދ. އަތޮޅު އަލުވިފުށީގައި ސަން ސިޔާމް ކުންފުނިން ތަރައްގީ ކުރާ ރިސޯޓް މި އަހަރުގެ އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ،

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބްރޭކިން ޓްރެވަލް ނިއުސްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުގެ ރާސްތާގައި ތަރައްގީ ކޮށްފައިވާ "ސަން އަކުއާ އިރު ވެލި" ރިސޯޓުގައި ފެންވަރު މަތީ މި ރިސޯޓުގައި 125 ކޮޓަރި ހުންނާނެ އެވެ. މި ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗު ވިލާތައް އަދި މަތީ ފަންތީގެ ސްވިޓްތަކުގެ އިތުރުން ހުންނާނެ އެވެ.

ސަން ސިޔާމް ރިސޯޓްސް އިން މިހާރު ހިންގަމުން ގެންދަނީ "ސަން އަކުއާ ވިލުރީފް ރިސޯޓާއި ސްރީލަންކާގައި ހިންގާ ސަން އަކުއާ ޕާސިކުޑަ އަދި ކ. އޮޅުވެލި ބީޗް ރިސޯޓާއި ސަން ސިޔާމް އިރުފުށި ރިސޯޓެވެ.

ސަރުކާރުން ވަނީ މި ދައުރުގައި 50 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ހުޅުވާފައިވެ އެވެ.