ބޮލީވުޑް

ސުޖޯއި ގޯޝްގެ ކުރު ފިލްމުތަކެއް ސްޓާ ޕްލަސްއަށް

އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ހޯދާފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު، ސުޖޯއީ ގޯޝް ތައްޔާރުކޮށްފައިވާ ކުރު ފިލްމުތަކެއް ސްޓާ ޕްލަސް އިން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ. ތިން އެޕިސޯޑު ހިމެނޭ މި ކުރު ފިލްމުތައް ގެނެސްދޭނީ އެއް ސިލްސިލާއެއްގެ ނަމުގަ އެވެ.

މި ކުރު ފިލްމުތައް ގެނެސްދެނީ "ތީން ޕެހެލިޔާން" ނުވަތަ ތިން ސުވާލުގެ ނަމުގަ އެވެ. ކޮންމެ އެޕިސޯޑެއްގައި ގެނެސްދޭނީ ވަކި ވާހަކައެކެވެ.

ސުޖޯއީ އަކީ މަޝްހޫރު މާސްޓަޕީސް ފިލްމުތައް ކަމަށްވާ "ކަހާނީ" އަދި "ޖަންކަރް ބީޓްސް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ޑައިރެކްޓަރެކެވެ. އޭނާ އަންނަނީ ކުރު ފިލްމުތައްވެސް ވަރަށް ގިނައިން ތައްޔާރުކުރަމުންނެވެ. އެގޮތުން "އަހާލްޔާ" އަދި "އަނޫކުލް" އަކީ ފާހަގަކޮށްލެވޭ ކުރު ފިލްމުތަކެެވެ.

ސްޓާ ޕްލަސް އިން މިހާރު ވަނީ ކްރައިމް ތްރިލާ، މި ކުރު ފިލްމުތަކުގެ ޕްރޮމޯޝަނަލް ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ.

"ތީން ޕެހެލިޔާން"ގެ ޓެރެއިލާ.

"މި ކުރު ފިލްމުތަކުގެ ވާހަކަތަކުގައި އިންސާނުންގެ އިހްސާސްތަކާއި ގުޅުންހުރި ވަަރަށް ގިނަ ވާހަކަތަކެއް ހުންނާނެ. ބެލުންތެރިންނަށް ކަމުދާނެ ގޮތަކަށް އެ ވާހަކަތައް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ހުންނާނީ. އެއް ފިލްމު އިންނާނެ 'ގުޑް ލަކް' ކިޔާ، އޭގައި ސޭޓަކު ގުޑް ލަކް ވިއްކާނީވެސް." ގުޑްލަކްގައި ލީޑުން ފެނިގެންދާނީ ކުނާލް ރޯއީ ކަޕޫރްއައި ޓީނާ ދެސާއީ އެވެ.

ދެ ވަނަ ފިލްމު "ކޮޕީ" އާއި ބެހޭގޮތުން ވާހަކަދައްކަމުން ސްޖޯއީ ބުނީ، "ދެން އޮތް ވާހަކައަކީ ގިނަ ކަނބޮޑުވުންތަކަކާއެކު ދިރިއުޅެމުން އަންނަ މީހެއްގެ ވާހަކަ. އޭނާ މަސައްކަތްކުރާނީ އޭނާގެ އަމިއްލަ ނަފްސު ނެގެހެއްޓުމަށްޓަކައި އެކި ކަންތައްތައް ކުރުމަށް." އެެވެ. ކޮޕީގައި ލީޑުން ފެނިގެންދާނީ ސުރްވީން ޗަވްލާ އަދި ވިކްރާންތް މަސޭ އެވެ.

ތިން ވަނަ ފިލްމު "މިރިޗީ މަލިނީ" ގައި ލީޑުން ފެނިގެންދާނީ ޕައޯލީ ދާމް އާއި އަކްޝޭ އޮބްރޯއީ އެވެ. މި ތިން ކުރު ފިލްމުވެސް ދައްކާނީ އަންނަ އާދިއްތަ ދުވަހު (29 އޭޕްރީލް) ގަ އެވެ.