ވިޔަފާރި

އިންސްޓަގްރާމް ފޮޓޯއަށް އެންމެ ރީތީ އަންތަރާ ކިހަވަށް!

Apr 26, 2018

ދަތުރަކު ގޮސްފި ނަމަ "އިންސްޓަގްރާމް" ކޮށްލަން ބޭނުންވެ އެވެ. މި ގޮތަށް ސޯޝަލް މީޑިޔާއަށް ފޮޓޯތައް ދޫކޮށްލާއިރު އެންމެ މުހިންމު ކަމަކީ އޭގެ ހިތް ގައިމު ކަމެވެ. އެކަން ކަމަށް ބަލާއިރު މިހާރު ދުނިޔެ އިން ހޮވާލެވޭނެ ފޮޓޯއަށް ރީތި ކިތަންމެ ތަނެއް ރާއްޖޭގައި އެބަހުއްޓެވެ. އަދި ދުނިޔެ އިން ހޮވާލެވޭ އިންސްޓްގްރާމަށް ފޮޓޯލާން އެންމެ ރީތި ހޮޓާތައް ވެސް ހުރީ ރާއްޖޭގައި ކަމަށްވެ އެވެ. މި ތަނަކީ ރާއްޖޭގެ އަނަންތަރާ ކިހަވަށް ވިލާ ރިސޯޓެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުން ބުނާ ގޮތުގައި ލަގްޒަރީ ޓްރެވަލް އެޑްވައިޒަރީ އިން ދީފައިވާ "ވޯލްޑް މޮސްޓް އިންސްޓަގްރާމަބަލް އެވޯޑް" އަނަންތަރާ ކިހަވަށް ރިސޯޓަށް ދީފައިވަނީ 120،000 އަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އަދި މިވަނަ އެ ރިސޯޓަށް ލިބިފައިވަނީ ދުނިޔޭގައި ފޮޓޯއަށް އެންމެ ރިތީ އިންޑޮނޭޝިއާ ބާލީގެ ރިސޯޓު ހޮޓާތަކާއި މެކްސިކޯގެ ހޮޓާތަށް ފަހަތަށް ޖައްސާފަ އެވެ.

ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ތަރައްގީކޮށްފައިވާ އަނަންތަރާ ރިސޯޓުގައި 80 ވިލާ ހުރެ އެވެ. މީގެ އިތުރުން ޕްރައިވެޓް ޕޫލާއި މީރު ކާނާ ލިބޭނެ އެކި ރެސްޓޯރެންޓްތައް ވެސް ހަދާފައި ހުރެ އެވެ. މޫދު އަޑީގެ ރެސްޓޯރެންޓެއް ވެސް ހުންނަ ރީތި މި ރިސޯޓަކީ ރާއްޖޭގެ ސާފު ޖައްވު އެންމެ ރީތިކޮށް ފެންނާނެ އެއް ރިސޯޓެވެ.

މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓެލެސްކޯޕު ބަހައްޓާފައި ވަނީ ވެސް މި ރިސޯޓުގަ އެވެ. އެ ރިސޯޓުގެ ރޫފްޓޮޕް ބާގައި ބަހައްޓާފައިވާ މި ޓެލެސްކޯޕުން ޖައްވުގައި ބޮޑެތި މަޑިކިލަނބުތަށް ސާފުކޮށް ޓޫރިސްޓުންނަށް ފެނެ އެވެ.

މި ހުރިހާ ކަމަކާއެކު، އަންތާރާ ކިހަވައް ރިސޯޓު ވެގެން ގޮސްފައި މިވަނީ އިންސްޓަގްރާމަށް ފޮޓޯލާން އެންމެ ރީތި ހޮޓަލުގެ ގޮތުގަ އެވެ. ޗުއްޓީއަށްދާ ކޮންމެ މީހަކުވެސް މި ރިސޯޓަށް ގޮއްސަ ފުރަތަމަ ކުރާ ކަމަކީ މި އެވެ.