ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ރޮޕަޓީސް ޔުނިޓުގެ މޫސާ މުހައްމަދު އަށް ލިބިއްޖެ އެވެ.
ގައުމީ ބޭންކުގެ މުވައްޒަފުންގެ އަގު ވަޒަން ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި "ސްޓާފް އެވޯޑްސް 2018" މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑް ދީފި އެވެ. މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ.
ބީއެމްއެލް ސްޓާފް ނައިޓުގައި މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔަ، ބެސްޓް ލީޑަ ބެސްޓް މެނޭޖާ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއާ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމާ ސާވިސް ސްޓާ، ރައިޒިން ސްޓާ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ދީފައިވެ އެވެ.
މުހިންމު ބައެއް ވަނަތައް
* ބެސްޓް ލީޑާ އެވޯޑް: ހުޝާމް ސައީދު ( އިންފޮމޭޝަން ޓެކްނޮލޮޖީ)
* ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް: މޫސާ މުންސިފް މުޙައްމަދު ( ސްޓެޓީޖިކް ޕްލޭނިންް އެންޑް ޗޭންޖް، ކްރެޑިޓް ޑިވިޝަން)
* އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް: ސަހާ ވަހީދު (ޕީޕަލް އެންޑް ޗޭންޖް)
ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.
"ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރެވޭ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް އަދި އެހާމެ ބޮޑު އުފަލެއް. އެއީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓް ވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރަން،" ހީލީ ވިދާޅުވި އެވެ.
ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ. މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މި ދިޔަ އަހަރު ގައުމީ ބޭންކަށް ވަނީ ލިބިފަ އެވެ.