ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ މާދަމާ ބަނޑޮހުގައި

Apr 29, 2018

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ތެރޭގައި އޮންނަ "ޓީޓީއެމް ހޮޓެލިއާ ސަމިޓް" މާދަމާ ބަނޑޮހުގައި އޮންނާނެ އެވެ.

މޯލްޑިވްސް ގެޓަވޭސް އިން އިންތިޒާމުކޮށްގެން ބާއްވާ "ޓީޓީއެމް ހޮޓެލިއާ ސަމިޓް 2018" އޮންނާނީ ހޯމަ ދުވަހު ބަނޑޮހުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހޮޓެލިއާ ސަމިޓުގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ، ހަތަރު ޕެނަލް ޑިސްކަޝަން މި އަހަރުވެސް އޮންނާނެ އެވެ. މި އަހަރުގެ ސަމިޓުގައި ކްރައުން ކުންފުނީގެ ޑައިރެކްޓަރު އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ. މީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވެސް ވާހަކަ ދައްކަވާނެ އެވެ.

މީގެ އިތުރުން މި ސަމިޓްގައި ދަތުރުފަތުރުކުރާ މީހުންގެ މެދުގައި މަގުބޫލު އޮންލައިން ބުކިން ސައިޓްތަކުގެ ބޭފުޅުން ވެސް ބައިވެރިވާނެ އެވެ. މިގޮތުން އެކްސްޕީޑިއާ އާއި ބުކިން ޑޮޓްކޮމް ބައިވެރިވާނެ އެވެ. މީގެ އިތުުރުން އެއާއޭޝިއާ، ލޯންލީ ޕްލެނެޓް، ޓީޓީޖީ އޭޝިއާ، މަޓީ، މަޓާޓޯ، ޓުއަރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ ފަދަ ތަންތަން ހިމެނެއެވެ.

ބޭރުގެ އެޖެންޓުން، 100 ޖީއެމް

މި އަހަރުގެ ޓީޓީއެމް ހޮޓެލިއާ ފެއާގައި ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ބައިވެރިވެ އެވެ. މިގޮތުން ބައިވެރިވާ ބޭރުގެ މަޝްހޫރު ބައެއް ޓުއާ އޮޕަރޭޓަރުންގެ ތެރޭގައި ޓުއި އާއި ކޯނީ ފަދަ ކުންފުނިތައް ހިމެނެ އެވެ މީގެ އިތުރުން މި ސަމިޓުގައި ރިސޯޓް ތަކުގެ އެންމެ އިސް ޓޫރިޒަމް އަދި އެހެން ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ ޖީއެމް ބައިވެރިވާނެ އެވެ.

ޓީޓީއެމް ފެއާގައި މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 157 ރިސޯޓާއި ހޮޓާ އަދި 200 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.މި އަހަރުގެ ފެއާގެ މައި ސްޕޮންސަރަކީ އެމްޓީސީސީ އެވެ. މި ފެއާގައި "މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯ" އެވެ. މި ބައި އޮންނާނީ 4-5 އަށް ދަރުބާރުގޭގަ އެވެ. މީގެ އިތުރުން ޓީޓީއެމް ފެއާގެ އެންމެ ކުލަގަދަ ބައި ކަމަށްވާ "ޓީޓީއެމް ގާލާ ނައިޓް" އަދާރަން ސެލެޓް ހުދުރަންފުށީގަ އެވެ.

ޓީޓީއެމް ފެއާ މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ޓޫރިޒަމްގެ އާމްދަނީ 2020 ވަނަ އަހަރު އަންނަންވާއިރަށް 3.5 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށެވެ.