ވިޔަފާރި

އެސްޓީއޯ އިން ރޯދަމަހު ފިޔާ، އަލުވި، ބިސް ވިއްކުން އިންޑަސްޓްރިއަލް ވިލެޖުގައި

May 1, 2018
1

އެސްޓީއޯ އިން މި އަހަރުގެ ރޯދަ މަހު ފިޔާ އަލުވި އަދި ބިސް ވިއްކަން މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަ ގުދަނެއް ހަދައިފި ހުޅުވައިފި އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އެންމެ ބޮޑަށް ޑިމާންޑް މަތިވެގެންދާ އެއް ބާވަތް ކަމަށްވާ ފިޔާ، އަލުވި އަދި ބިސް ރޯދަ މަހު އެންމެ ގިނަ އިން އެތެރެކުރަނީ އެސްޓީއޯ އިންނެވެ.

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން މާލެ އިންޑަސްޓްރިއަލް ވިލެޖު (ސިނާއީ އަވަށު) ގައި އެސްޓީއޯ އިން ވަނީ "ޕްރީ-ފެބް" މެޓީރިއަލް ބޭނުންކޮށްގެން ބޮޑު ގުދަނެއް ހަދާފަ އެވެ. ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި ގުދަން ކުރަން ހާއްސަ ސަހަރައްދަކާއެކު ތައްޔާރުކޮށްފައިވާ މި ތަނުގައި މި ތަކެތި ގަންނަން އަންނަ މީހުންނަށް ހިދުމަތް ދޭން ހާއްސަ ކައުންޓަރުތަކެއްވެސް ހަދާފައިވެ އެވެ.

ރޯދަ މަހު އެންމެ ޑިމާންޑް ބޮޑުވާ އެއް ބާވަތަކީ ފިޔާ، އަލުވި އަދި ބިހެވެ. މިދިޔަ ރޯދަ މަހު ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް 220 ރުފިޔާއަށް ވިއްކިއިރު، ބިސް ކޭހެއް ވިއްކީ 270 ރުފިޔާ އަށެވެ.