ހަބަރު

އަންނަ މަހުގެ 17 ވަނަ ދުވަސް ބަންދު

ރޯދަ މަހުގެ ދެވަނަ ދުވަސް، 17 މެއިވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ކަލަންޑަރުގައިވާ ގޮތަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް އަންނަ މަހުގެ 16 ވަނަ ދުވަހަށް ވެއްޖެ ނަމަ 17 މެއިވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވީ، ރައީސް ޔާމީން ވަނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސް ތަކުގައި މަސައްކަތު ގަޑިއެއްގެ ގޮތުގައި ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

ރޯދަ މަހު ސުކޫލްތަކުގެ ކިޔަވައިދޭ ގަޑިތަކަށްވެސް މިހާރުވަނީ ބަދަލު ގެނެސްފަ އެވެ. ކަލަންޑަރުގައިވާ ގޮތުގެ މަތީން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 16 ވާ ބުދަ ދުވަހެވެ.