ވިޔަފާރި

ހެރިޓެންސް ބްރޭންޑުގެ ރިސޯޓެއް ރ. އާރަށުގައި ހުޅުވަނީ

Apr 30, 2018
1

ސްރީލަންކާގެ އެއިޓްކެންސް ސްޕެންސް އިން ރ. އާރަށުގައި ތަރައްގީ ކުރާ "ހެރިޓެންސް" ބްރޭންޑްގެ ރިސޯޓު މި އަހަރުގެ ފަހުކޮޅު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީ ކުރާ މި ރިސޯޓުގައި އެކި ވައްތަރުގެ 157 ވިލާއެއް ހުންނާނެ އެވެ.

މި ތަނުގައި 10 ފެމެލީވިލާ އާއި 51 ބީޗް ވިލާގެ އިތުރުން 10 ޕޫލް ވިލާ ވެސް ހުންނާނެ އެވެ. މީގެ އިތުރުން މި ރިސޯޓުގައި ހިތްގައިމު 56 މޫދު ވިލާ އާއި 25 ލަގްޒަރީ ވޯޓާ ވިލާ އަދޮ ޕްރެޒިޑެންޝަލް ވޯޓާ ސުއިޓެއްގެ ގޮތުގައި މަތީ ފަންތީގެ ހިދުމަތް ދެވޭ ސުއިޓެއް ވެސް ހުންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި އޮންނަ އާރަށުގެ މޫދުގައި ހަ ކޮޓަރި ހިމެނޭ ހާއްސަ ސްޕާއެއް ވެސް ހުންނާނެ އެވެ.

ސްރީލަންކާގެ އެންމެ ވަރުގަދަ ޓޫރިޒަމް ބްރޭންޑުން ރާއްޖޭގައި"އަދާރަން" ހަ ރިސޯޓެއް ހިންގަ އެވެ. އަދި އެ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގައި ހޮޓާތަކާއި ރިސޯޓުތައް ހިމެނޭ ގޮތަށް 24 ޕްރޮޕަޓީއެއް ހިންގަމުންދެ އެވެ.