ކ. މާފުށީ ޖަލުގެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ ހައްޔަރު ކުރީ މި މަހުގެ 26 ގައި ކަމަށައި އުމުރުން 37 އަހަރުގެ އަންހެން މީހާ ޖަލު ސަރަހައްދުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފުއްޕާ ހަމަކާއި އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްޙުރި ބޮޑު ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނުނު ކަމަށެވެ.
އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ދީފައެވެ.