މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ސިމްކާޑް ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި އެވެ. އެއީ 36 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ މާފުށިން ކަމަށައި އޭރު އޭ މަސައްކަތް ކުރަމުން ދިޔައީ އެތަކެތި ޖަލަށް ވެއްދުމަށް ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑަ ތިން ޕެކެޓާއި ބޮޑު ތިން ޕެކެޓާއި 90 ގުޅަ މަނާ ބޭހާއި 17 ސިމްކާޑު ފެނުނު ކަމަށެވެ.
އޭނާ ހައްޔަރު ކުރި އިރު ޖަލު ސަރައްދުގައި ވަނީ މަސްތުވާތަކެއްޗާއެކު އެހެން އަންހެނަކު ވެސް ހައްޔަރުކޮށްފައެވެ.