ހަބަރު

"ފަޅުތަކާއި ގިރިތަކާއި ރަށްތައް މިއަދު އެއީ ތެޔޮވަޅު"

މީގެ ކުރިންވެސް ރާއްޖޭގައި ފަޅުތަކާއި ގިރިތަކާއި ރަށްތަކާއި ޖަޒީރާތައް ހުރި ކަމަށާއި ނަމަވެސް މިއަދު އެތަންތަން ތެޔޮވަޅު ތަކަށް ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރުމާލު ދޭއް ޖަގަހާގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2013 ވަނަ އަހަރު ރައްޔިތެއްގެ ބޮލަކަށް އާމްދަނީގެ ނިސްބަތުން ޖެހެނީ 4000 ޑޮލަރު ކަމަށާއި އޭރު ރާއްޖެއަށް ފައިސާ ދުކުރާނެ ބޭންކެއް ނެތް ކަމަށާއި ރާއްޖޭގެ ކުރެޑިޓް ސިސްޓަމަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މިއަދު މީހެއްގެ ބޮލަކަށް 9000 ޑޮލަރު ޖެހިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް އަޖައިބުވޭ މިއަދު ވައިގެ ބަނދަރުގައި ހުރި ޓެކްނޮލޮޖީ ފެނުނީމަ، މިޔޮށް ކުޑަކުޑަ ޖަޒީރާ ތިިރި ރަށުގައި މިޔޮށް އެޅޭ ރަންވޭ އަކާއި މިހިރަ އިމާރާތް ކުރެވޭ ތަންތަނުގެ ފުރިހަމަކަން، މުއްސަނދި ކަމަކާ ދިމާލަށް ގައުމު ދަތުރު ކުރަމުންދާ މަންޒަރު،" މިިނިސްޓަރު ވިދާޅުވި އެވެ. " އަޅުގަނޑުވެސް އަޖައިބުވޭ މިއަދު ވައިގެ ބަނދަރުގައި ހުރި ޓެކްނޮލޮޖީ ފެނުނީމަ، މިޔޮށް ކުޑަކުޑަ ޖަޒީރާ ތިިރި ރަށުގައި މިޔޮށް އެޅޭ ރަންވޭ އަކާއި މިހިރަ އިމާރާތް ކުރެވޭ ތަންތަނުގެ ފުރިހަމަކަން، މުއްސަނދި ކަމަކާ ދިމާލަށް ގައުމު ދަތުރު ކުރަމުންދާ މަންޒަރު، މިއަދު ފަޅުތަކާއި ގިރިތަކާއި ރަށްތަކާއި ޖަޒީރާތައް ވެއްޖެ އަޅުގަނޑުމެންގެ ތެޔޮވަޅު ތަކަށް، މީގެ ކުރިންވެސް ހުއްޓޭ މިތަކެތި،"

މިނިސްޓަރު ވިދާޅުވީ، މަސައްކަތް ތެރިންނަށް ހައްގު އުޖޫރަ ލިބި މަސައްކަތްތެރިންނަށް ހައްގުތަކާއި ލިބެންޖެހޭނެ ރައްކާތެރިކަން ލިބުމަކީ ގައުމުގެ މިނިވަންކަމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި މަސައްކަތް ތެރިންނަށް ހައްގު ލިބި މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ލިބުގެން ނޫނީ ގައުމެއްގެ އިގްތިސޯދު ބިނައެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން 2013 ވަނަ އަހަރު ހިއްސާ ކުރެއްވި ތަސައްވުރަކީ މަސައްކަތްތެރިންނާ ވަރަށް ގުޅުން ހުރި ތަސައްވުރެއް ކަމަށެވެ.

"ގައުމެއްގެ މިނިވަންކަން އަދުއްވުން ދަމައިގަންނަން ލިބޭނެ އެންމެ ފަހި ފުރުސަތަކީ ގައުމެއް ފަގީރު ކަމަށް ވައްޓާލުން، ރައީސް ޔާމީން މިގައުމަށް ވަޑައިގެންއިރު އިސްކުރެއްވީ ތިން ކަމެއް، މަސައްކަތް ތެރިން، އިކޮނޮމީ، ރާއްޖޭގެ ހަމަޖެހުން، ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނައުން، ރާއްޖޭގެ އިގްތިސޯދީ ފުޅާ ކުރުން، ރާއްޖެ އަކީ ސުލްހަވެރި ގައުމެއްގެ ގޮތުގައި އޮތުން، " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންސާނީ ކަރާމާތް އެތައް ގުނަ އަކަށް އުފުލިގެން ދަނީ ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނައީމަ ކަމަށާއި އެއަށްވުރެ ބޮޑު ހައްގެ ނެތް ކަމަށެވެ. ވަޒީފާގެ ބާޒާރަށް ތިޔާގިކަން އައީ ނުވަތަ ގެނައީ ވަޒީފާގެ ފުރުސަތުތައް ފަހު ވުމުން ކަމަށާއި ރައީސް ޔާމީނަކީ މިއަދު ލިބިފައިވާ ނަސީބެއް ކަމާމެދު އެއްވެސް ޝަކެއްނެތް، ކަމަށެވެ.

"ދެވަނަ ވިސްނުމަކަށް ނުގޮސް، ނަސީބުގައި ހިފައިގެން އެއްބައެއްގެ ގޮތުގައި ކުރިއަށްދާނަމަ ގިރިތަކާއި ފަރުތަކާއި ގައުމީ ނަސީބު ބޭނުންކޮށް ނަމޫނާ ގައުމަކަށް ހެދޭނެ، އަޅުގަނޑުމެންނަށް ހީވާގި ލީޑަރަކު ލިބިފައި އޮތުމަކީ ލިބިފައިވާ ނަސީބު، އެ ނަސީބާ ދޭތެރޭ ވިސްނާ މިފަހަރު ގޯހެއް ނުހައްދަވާ ރައީސް ޔާމީން ހޮވައި ދެއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނާއި ވާދަކުރަން އެކި ފިކުރުގެ ބޭފުޅުން އަންނާނެ ނަމަވެސް ރައީސް ޔާމީނަކީ ދިރިހުރި ބަތަލެއް ކަމަށެވެ. މިގައުމު ފަހުރުވެރިވާ އުތީމު ރަދުންފަދަ ބަތަލެއް ކަމަށެވެ. ފަހުރަކީ އެމަނިކުފާނު ފަހަތުގައި ހުރެ މަސައްކަތް ކުރަން ލިބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.