ކުޅިވަރު

ކުޑަކުޑަ ފެހެންދޫ އާއި ތިމަރަފުށިވެސް ދިވެހި ލީގަށް

ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮންނަ ފެހެންދޫ ރާއްޖޭގެ އެންމެ ބޮޑު ލީގް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވެއްޖެ އެވެ. އަދި 2016 ވަނަ އަހަރުގެ ރަނަރަފު ތ. ތިމަރަފުށީވެސް ވަނީ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕުން، ދިވެހި ޕްރިމިއާ ލީގަށް އަންނާނީ ސެމީ ފައިނަލަށް ދަތުރު ކުރާ ހަތަރު ޓީމެވެ. ފެހެންދޫ ސެމީ ފައިނަލަށް ދަތުރު ކުރީ އދ. ފެންފުށި ޓީމުގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔަބު ހޯދައިގެންނެވެ.

ށ. ފޯކައިދޫގައި ކުޅުނު ގުރޫޕް އެކެއްގެ ފަހު މެޗުގައި ފެހެންދޫއިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހުސައިން ޝިފާހް ވަނީ ހެޓްރިކް ހަދާފަ އެވެ. ފެހެންދޫގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ހަސަން ސާޖިދު އާއި ހުސައިން އީމާންގެ އިތުރުން އާދަމް ނިޒާމް އެވެ. ފެންފުށީ ޓީމުގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އަބްދުލް ކަރީމް އެވެ.

މެޗުން އދ. ފެނފުށި މޮޅުވިނަމަ ކުޅިބަލަން ތިބި އއ. މާޅޮސް ފައިނަލަށް ދާނެ އެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި މިނިވަން ޗެމްޕިއަންޝިޕުން ވާދަ ކުރި އެއްވެސް ޓީމަކަށް މިފަހަރު ފުރުސަތެއް ނުލިބުނެވެ.

ފ. ނިލަންދޫގައި ކުޅުނު ގުރޫޕް ދޭއްގެ ފަހު މެޗު ތިމަރަފުށި ކާމިޔާބު ކުރީ ސ. ހިތަދޫގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައިގެންނެވެ. ތިމަރަފުށީގެ ލަނޑުތައް ކާމިޔާބު ކުރީ އަހްމަދު ތޯހިރު އާއި ޝާމިލް ހަސަން އެވެ. ސ. ހިތަދޫ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އަޓަންގަނާ އޮނަމްބެލޭ އެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި 10 ޓީމު ވާދަ ކުރާނެ އެވެ. އެއީ ފެހެންދޫ އާއި ތިމަރަފުށީގެ ށ. ފޯކައިދޫ އަދި ފ. ނިލަންދޫގެ އިތުރުން މާލޭ ލީގްގެ ގަދަ ހަ ޓީމެވެ.