ވިޔަފާރި

އެސްޓީއޯ އިން ރޯދަ އަށް ބޭނުންވާ ސާމާނު ގެނެސްފި

May 2, 2018
4

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ ސާމާނު އެސްޓީއޯއިން ރާއްޖެ ގެނެސް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް އެ ކުންފުނިން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރޯދަ މަހަށް ގެންނަ ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން މި އަހަރުގެ ރޯދަ މަހަށް ގެނައި ފިޔާ ބަސްތާއެއް ގަނޑުކޮށް ވިއްކާނީ 180ރ. އަށެވެ. ފިޔާ ކިލޯއެއް ވަކިން ވިއްކާނީ އަށް ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް ގަނޑުކޮށް 200ރ. އަށް ވިއްކާއިރު ވަކިން ކިލޯއެއް ވިއްކަނީ ނުވަ ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ގަނޑުކޮޑް ވިއްކަނީ 200ރ. އަށެވެ. އަދި ވަކިން ބިހެއް އެސްޓީއޯއިން ވިއްކާނީ 1.50ރ. އަށެވެ.

ޝިފާން ވިދާޅުވީ މި ބާވަތްތަކުގެ އިތުރުން އެހެން ބާވަތްތައް ވެސް ރޯދަ މަހަށް ގެނެސްފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކަން މާލެ އިންޑަސްޓްރިއަލް ވިލެޖު ހާއްސަކޮށް، ގުދަނެއް ހަދާފަ އެވެ.