ވިޔަފާރި

އުރީދޫ އަށް ތިން މަހު 155 މިލިއަން ރުފިޔާގެ ސާފު ފައިދާ

May 2, 2018

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 155.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫން ނެރެފައިވާ ތިން ވަނަ ކުއާޓަރުގެ (ފުރަތަމަ ތިން މަހު) ގެ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 31 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދިއުރީދޫއަށް އާމްދަނީގެ ގޮތުގައި މި މުއްދަތުގައި 495 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއީ ފަސް ޕަސެންޓް ކުރިއެރުމެކެވެ.

މި މުއްދަތުގައި އުރީދޫއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 190 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން 180 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ އެވެ.

އުރީދޫ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ.