ހަބަރު

ފަސްޓް ލޭޑީއަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

May 2, 2018
2

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމަށް ފުވައްމުލައް ސިޓީއިން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ފަސްޓް ލޭޑީ ފުވައްމުލަކަށް ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ. ޕީޕީއެމްއިން ބުނެފައިވާ ގޮތުގައި ފަސްޓް ލޭޑީގެ ދަތުރުފުޅަކީ އެ ސިޓީގެ ރައްޔިތުންގެ ހާލު ބައްލަވައި ދަތިވެފައިވާ ކަންކަން އޮޅުން ފިއްލުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރު ރިޔާޒު ރަޝީދު ވަނީ ފަސްޓް ލޭޑީއަށް އެ ސިޓީން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ވިދާޅުވެ ފޮޓޯތަކެއް ހިއްސާ ކުރައްވާފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ފުވައްމުލަކުން ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމަށް ފިނިފެންމަލުގެ ސްޓޭޖެއް ވަނީ ހަދާފަ އެވެ.

ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމަށް އެ ސިޓީގެ ގިނަ ރައްޔިތުން ނުކުތް ކަމަށް ވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. އޭގެން އެނގިގެން ދަނީ ރައީސް ޔާމީނަށް އޮތް ތާއިދު ކަމަށް ވެސް ވިދާޅުވެ އެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި ހުކުރު ދުވަހު ޕީޕީއެމްއިން އެ ސިޓީގައި ބާއްވާ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވަޑައިގަންނަވާނެ އެވެ.