ހަބަރު

ރޯދައަށް އެސްޓީއޯ ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

May 2, 2018

އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން މިއަހަރުވެސް ފިޔާ އާއ އަލުވި އަދި ބިސް ވިއްކަން ފަށައިފިއެވެ. މި ހިދުމަތް ރޯދައަށް އަމާޒުކޮށް ފެށި އިރު ފިޔާ، އަލުވި ބިސް ވިއްކަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި އިންތިޒާމުތައް ހަމަޖައްސާފައިވެސް ވެއެވެ.

އެސްޓީއޯއިން ބުނީ މާދަމާއިން ފެށިގެން އިންޑަސްޓްރިއަލް ވިލެޖްއިން ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ފިޔާ، އަލުވި، ބިސް ހޯލްސޭލްކޮށް ގަނެވޭނެ ކަމަށާއި އަދި މީގެ އިތުރުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސްޕަމާޓުން ރީޓެއިލްކޮށް އަދި ސްޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބޭނެ އެވެ.

އެސްޓީއޯ ސްޕަމާޓްއިން ފިޔާ، އަލުވި، ބިސް ވިއްކަން ފެށިއިރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ވެސް އެ ތަކެތި ފޮނުވާ ވިއްކަންވަނީ ފަށާފައެވެ. އޭގެ ތެރޭގައި އައްޑު އަތޮޅާއި ގދ. ތިނަދޫ އާއި ފުވައްމުލަކުގައި މިހާރު ވަނީ ރޯދައަށް ފިޔާ، އަލުވި، ބިސް ވިއްކަން ފަށާފައެވެ. އަދި ހދ. ކުޅުދުފުއްޓާއި ހއ. ހޯރަފުއްޓާއި ހުޅުމާލެ އާއި ވިލިމާލެ އާއި ބ. އޭދަފުއްޓާއި ލ. ފޮނަދޫ އާއި ގއ. ވިލިނގިލީގައި ވެސް މިހާރު ވަނީ ވިއްކަން ފަށާފައެވެ.

އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް އަށް ރުފިޔާއަށެވެ. އަލުވި ކިލޯއެއް 9 ރުފިޔާއަށެވެ. ބިހެއް 1/50ރ. އަށެވެ. ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 200 ރުފިޔާއަށް، ބިސް ކޭހެއް 270 ރުފިޔާ ލިބެ އެވެ. އަދި އެސްޓީއޯ ސްޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހައްވުރެން މަތިން ނަގާނަމަ ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 190 ރުފިޔާއަށް، ބިސް ކޭހެއް 260 ރުފިޔާ ލިބެ އެވެ.