ބޮލީވުޑް

ޝިލްޕާ ރާއްޖޭގައި ނެގި ފޮޓޯތަކަށް ސަމާލުކަން

ބޮލީވުޑްގެ ބަތަލާއި ޝިލްޕާ ޝެއްޓީ މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ޗުއްޓީ ހޭދަކުރަމުން އަންނަ އެކި މަންޒަރުތަކާއި އާއިލާއާއެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް ޝިލްޕާ އަންނަނީ ޝޯޝަލް މީޑިއާގައި އޭނާގެ ފޭނުންނާއި ހިއްސާކުރަމުންނެވެ. މި ފޮޓޯތަކަށް މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

ޝިލްޕާ، 42، ރާއްޖެއާއި އޭނާގެ ދަރިފުޅާއި ފިރިމީހާއާއެކު އެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކަނުހުރާ މޯލްޑިވްސް ރިސޯޓުގަ އެވެ. އިނގިރޭސިވިލަތުގައި ވިޔަފާރީ ކުރަމުން އަންނަ މަލްޓި މިލިއަނަރު ރާޖް އާއި ޝިލްޕާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. އަދި ފުރަތަމަ ދަރިފުޅު ވިހާން ލިބުނީ 2012 ވަނަ އަހަރުގެ މެއި މަހު އެވެ.

ކަނުހުރާ ރިސޯޓުގެ ގޮނޑުދޮށުގައި އެކި ފޮޓޯތައް ނެގުމަށްފަހު އިންސްޓްގްރާމުގައި އޭނާ އަންނަނީ ފޮޓޯތައް ހިއްސާކުރަމުންނެވެ. އެނާ ވަނީ ކަނުހުރާ ރިސޯޓުން ދޭ މެހުމާނުދާރީއަށް ޝުކުރުވެސް އަދާކޮށްފަ އެވެ. މީގެ އިތުރުން ނައިޓް ފިޝިންއަށް ގޮސް މަހެއް ބާނާ މަންޒަރުގެ ވީޑިއޯއެއްވެސް އޭނާ ވަނީ ފޭނުންނަށް ދޫކޮށްލާފަ އެވެ.

މި ވީޑިއޯ އާއި ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ. އެމީހުން ބުނަނީ ޝިލްޕާއަކީ ޖަނަވާރު ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާ ޕެޓާގެ އެމްބަސޭޑަރަށްވެފައި މަސް ބޭނުމަކީ ދީނީ ގޮތުންވެސް ރަނގަޅު ނޫން ކަމެއް ކަމަށް ބުނެފަ އެވެ. ޝިލްޕާ ކުރި އިންސްޓަގުރާމް ޕޯސްޓުގައި އޭނާ ބުނީ ބޭނުނީ ކާ ވައްތަރުގެ މަހެއް ނޫން ކަމަށާއި އެކަން އެނގުމުން ވަގުތު އެ މަސް ކަނޑަށް ދޫކޮށްލި ކަމަށެވެ.

މިއީ ޝިލްޕާ ރާއްޖެ އައި ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރުއާއި 2005 ވަނަ އަހަރު އޭނާ ރާއްޖެއަށް އައިސްފައިވެ އެވެ. ޝިލްޕާ ޝެޓީ މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ ފިރިމީހާ ރާޖް ކުންދްރާގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އެ ދަތުރުގައި އެމީހުން ތިބީ ތާޖް އެކްޒޯޓިކާގަ އެވެ. އޭގެ ކުރީ ފަހަރު އައީ ހަމަ ޗުއްޓީ ހޭދަކުރުމަށެވެ.